މާމިގިލީ ދާއިރާގެ ޕްރައިމަރީ އެމްޑީޕީން އަލުން ހުޅުވައިލައިފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދަން ބޭނުންވާ ފަރާތްތަކަށް އަލުން ޕްރައިމަރީ ހުޅުވައިލައިފި އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ދާއިރާގެ ޕްރައިމަރީ އަލުން ހުޅުވާލީ ކުރިން އެ ދާއިރާގެ ޕްރައިމަރީގައި ޓިކެޓް ލިބުނު ފަރާތުން އޭނާގެ ނަން އަނބުރާ ގެންދަވާފައިވާތީ ކަމަށެވެ.

"އެ ދާއިރާ އަށް އޭރު ކުރިމަތިލައްވައިގެން ކާމިޔާބު ކުރެއްވި ކެންޑިޑޭޓް ނަން އަނބުރާ ގެންދެވީ، އަދި ދެވަނަ ކެންޑިޑޭޓަށް އެ ފުރުސަތު ދެއްވުމަށް އެދިވަޑައި ގަތީ، ނަމަވެސް އެގޮތަށް އެކަން ނުކުރެވޭނެތީ އަލުން ޕްރައިމަރީއަކަށް ހުޅުވާލީ،" އޭނާ ވިދާޅުވި އެވެ.

މާމިގިލީ ދާއިރާ އަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޕާޓީގެ ވެބްސައިޓްގައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށައަޅާ ފޯމް" ފުރިހަމަކުރުމަށް ފަހު، ފޯމާ އެކު ހުށައަޅަން ޖެހޭ ތަކެއްޗާ އެކު އަންނަ ފެބްރުއަރީ 8 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެމްޑީޕީގެ އޮފީހަށް ހުށަހަޅަންޖެހެ އެވެ.

ޖެނުއަރީ 24ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މާމިގިލީ ދާއިރާ އިން އެމްޑީޕީގެ ޓިކެޓް 37 ވޯޓާ އެކު ކާމިޔާބު ކުރައްވާފައި ވަނީ މަހުމޫދު އިދުރީސް އެވެ. އެ ދާއިރާގެ ޕްރައިމަރީ އޭނާ އެކު ދެން ވާދަކުރެއްވި މުމުހައްމަދު ހަމްދާނަށް ލިބިވަޑައިގަތީ 34 ވޯޓެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު