މިއަހަރުގެ "ކުރިކެޓް ހަވީރު" މާދަމާ ރޭ

މިދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓަރަށާއި އެހެނިހެން މަގާމްތަކަށް އިނާމް ދިނުމަށް ބާއްވާ ހާއްސަ ހަފްލާ މާދަމާ ރޭ ގިޔާސުއްދިން ސްކޫލްގައި ބާއްވާ ގޮތަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

"ކްރިކެޓް ހަވީރު"ގެ ނަމުގައި ކްރިކެޓް ބޯޑުން ކޮންމެ އަހަރަކު ބާއްވާ ހަފްލާގައި އެންމެ މޮޅު ކްރިކެޓަރ ގެ އިތުރުން މިދިޔަ އަހަރުގެ އެންމެ މޮޅު ބޯލަރާއި ބެޓްސްމަން އަދި އެންމެ އުންމީދީ ކުޅުންތެރިޔާ ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ކުރިކެޓު ބޯޑުން މައުލޫމާތުދެ އެވެ.

ކުރިކެޓް ބޯޑުން ބުނީ، މާދަމާ ރޭގެ ހަފްލާގައި އެކި އުމުރު ފުރާތަކުގެ އެންމެ މޮޅު ކުޅުންތެރިންނާއި ބައިނަލް އަގްވާމީ މުބާރާތްތަކުގައި ވަނަތައް ހޯދާފައިވާ ކުޅުންތެރިންނަށް ވެސް އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކްރިކެޓް ހަވީރުގައި ކްރިކެޓަށް އެކި ގޮތްގޮތުން ހިދުމަތް ކުރާ ފަރާތަކުގެ އަގުވަޒަން ކުރުން ވެސް އޮންނާނެ ކަމަށް ކުރިކެޓު ބޯޑުން މައުލޫމާތު ދެ އެވެ.

މީގެއިތުރުން ކްރިކެޓްގެ ހަރަކާތްތެރިވާ ފަރާތްތަކަށް ހިދްމަތުގެ އިނާމު ދިނުމާއި ސްޕޮންސަރުންނަށް ޕާޓްނާ އެވޯޑް ދިނުންވެސް އޮންނާނެ ކަމަށް ކުރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.

ކްރިކެޓް ގެ އާއިލީ ހަވީރެއްގެއް ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަފްލާގައި މިއަހަރު އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އޮންނާނީ ކްރިކެޓް ބޯޑުގެ ސްޓްރެޓީޖިކް ޕްލޭން ނެރުން ކަމަށާއި މިއީ މިހާތަނަށް ކްރިކެޓުން ރާއްޖެއަށް ލިބިފައިވާ ކުރިއެރުން ދަމަހައްޓާ މުޅި ރާއްޖޭގައި ކްރިކެޓް ކުރިއަރުވާ ފުޅާކުރުމަށް 2014-2017 އަށް އެކުލަވާލާފައިވާ ޕްލޭނެއް ކަމަށް ކުރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ޔޫތް ޑެވެލޮޕްމަންޓް ސްޕޮންސާކޮށްފައިވާ ނެސްލޭ މައިލޯއާއި އެއްބަސްވުމުގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް ކުރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު