މެމްބަރު ޖޭފޯގެ ބައްޕަ ނިޔާވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ފުޓްބޯލް އެސޯސިއޭޝަން އޮޕް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ)ގެ ބައްޕަ މިއަދު ނިޔާވެއްޖެ އެވެ.

ޖޭފޯގެ ބައްޕަ، ފ. ނިލަންދޫ، ފިނިފެންމާގެ، ހަސަން ހަމީދު، 77، މިއަދު ނިޔާވީ ސިއްހީ ހާލަތު ގޯސްވެގެން ކޯސްޓުކާޑުގައި ރަށުން މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ ހަވާލާދީ ޖޭފޯގެ އާއިލާއިން ބުނީ ބައްޕަ އައިޖީއެމްއެޗަށް ގެނައި އިރުވެސް ހިތުގެ ވިންދެން ނެތް ކަމަށެވެ. ޖޭފޯގެ ބައްޕަ ނިޔާވިއިރު، މުސްކުޅި ބަލީގައި ފަރުވާދެމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.
http://www.sun.mv/albums/l_22648.jpg
ޖޭފޯގެ ބައްޕައަކީ ފ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނިލަންދޫ ކަތީބުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ނިޔާވިއިރު، ހަތް ފިރިހެން ދަރިންނާއި ހަތް އަންހެން ދަރިންނާއެކު އަންބަކު ދުނިޔޭގައި އެބަ އިންނެވި އެވެ.
http://www.sun.mv/albums/l_22649.jpg
ޖޭފޯގެ އާއިލާއިން ބުނީ ބައްޕަގެ ކަޝުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު އާސަހަރާގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު