މެމްބަރު ހުސައިން ވަހީދުގެ އަނބިދަރިންނަށް ހަމަލާދިން މައްސަލަ ޕީޖީއަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ އަނބިކަނބަލުންނާއި ދަރިކަނބަލުންނަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ހ.އަޒުމް، މުހައްމަދު ނަޖާހް،30، ގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަސް ވަނަ ވަނަ ދުވަހުގެ ރޭ 8:43 ހާއިރު ހ. އަޒުމްގޭގެ ހަ ވަނަ ފަންގިފިލާގައި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ އަނބިކަނބަލުންނަށާއި ތިން އަހަރުގެ އަންހެން ދަރިފުޅަށް ތޫނުއެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގެ ތުހުމަތުގައި ކަމަށެވެ.

އެ ހަމަލާގެ ސަބަބުން ހުސައިން ވަހީދުގެ އަނބިކަނބަލުންގެ ބޮލަށާއި ދަރިކަނބަލުންގެ ކަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ނަޖާހަކީ މީގެކުރިންވެސް އެކިފަހަރު މަތިން މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީ ހިންގުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު