ޑރ. ޝަހީދު އިސްތިއުފާ ދެއްވައިފި

ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.


ޝަހީދު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އައި އިރު އޭނާ ހުންނެވީ ޅ. ނައިފަރުގައި ކަމަށާއި މިއަދު މާލެ ވަޑައިގެން އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވީ ކަމަށެވެ.


ޝަހީދު އިސްތިއުފާ ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައި ނުގަތުމަށް ފަހު، މަގާމުގައި ދެމި ނުތިއްބެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ބޭފުޅުންނަށް ވަޒީރުންގެ މަގާމުގައި ދެމި ނުތިއްބެވޭނެ ކަމަށް ކޯޓުން ހުކުމް ކުރިތާ 48 ގަޑި އިރު ވެސް ނުވަނީހެވެ.


ޝަހީދު ވިދާޅުވީ މިއީ އެމްޑީޕީ ސަރުކާރެއްކަމަށާއި މަގާމުން އިސްތިއުފާ ދެއްވިއަސް، ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަމެއްގައި ހިދުމަތް ކުރެއްވުމަށް ދެމި ހުންނަވާނެ ކަމަށެވެ.


ރައީސް ނަޝީދުގެ މުޅި ކެބިނެޓް އެއްފަހަރާ އިސްތިއުފާ ދެއްވައި އަދި ދެ ވަނަ ފަހަރަށް ހުވާކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި ޑރ. ޝަހީދަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު