މަޖިލީހުގައި އެމްޑީޕީގެ އެއްވެސް މެންބަރަކު މާރާމާރީ ހިންގާފައެއް ނުވާނެ: ރީކޯ މޫސަ

19:00


އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އެއްވެސް މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މާރާމާރީ ހިންގާފައި ނުވާނެ ކަމަށާއި މަޖިލީހުގައި މިއަދު ހިނގައިދިޔަ ކަންތައްތަކަކީ މަޖިލީހުގެ ރައީސް ރާވައިގެން ހިންގާފައިވާ އަމަލްތަކެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް ވިދާޅުވެއްޖެ އެވެ.


މަޖިލީހުގެ މެންބަރުންގެ މެދުގައި މިއަދު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، މަޖިލީހުގެ ތެރޭގައި ހަމަނުޖެހުން އުފައްދާ މެންބަރުންނަށް ހަމަލާދިނުމުގެ ސަގާފަތެއް އަށަގަންނަވަން މަސައްކަތްކުރައްވަނީ ޑީއާރުޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުން ކަމަށާއި ވޭތުވެދިޔަ ތަނުގައި އެކަންތައް ހާމަވެގެން ހިނގައްޖެ ކަމަށެވެ. އަދި މިއަދުގެ ޖަލްސާގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދާއި ޑީއާރުޕީގެ ބައެއް މެންބަރުންނަށް ހަމަލާދީ މާރާމާރީ ހިންގުމުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ އެއްވެސް މެންބަރަކު ހަރަކާތްތެރިވެފައިނުވާނެ ކަމުގެ ޔަޤީން މޫސާ މަނިކު ދެއްވި އެވެ.


މޫސަ އަދި ވިދާޅުވީ މިއަދު ޖަލްސާއަށް އޮޑިޓަރ ޖެނެރަލްގެ މައްސަލަ އެޖެންޑާކުރި މައްސަލައަކީ މަޖިލީހުގެ އިދާރީ އުސޫލުތަކާ ހިލާފަށް އެޖެންޑާކޮށްފައިވާ މައްސަލައެއްކަން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެނގިވަޑައިގެންނެވި ނަމަވެސް ވަކި ބައެއްގެ ނުފޫޒުން ގަވާއިދެއް ބެލުމެއް ނެތި އުސޫލީ ހަމަތަކާ ހިލާފަށް ކުރީއްސުރެ ރާވައިގެން އެކަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު