ތެޔޮ ހުސްވެގެން ހެނބަދޫން ކަރަންޓް ކެނޑިއްޖެ

އިންޖީނުގެއިން ތެޔޮ ހުސްވެގެން ނ. ހެނބަދޫން ކަރަންޓް ކެނޑިއްޖެ އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރު އިބްރާހިމް ސިޔާއު މިއަދު ވިދާޅުވީ ހެނދުނު 9:00 އިން ފެށިގެން ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.

"މީގެ ކުރިން މި ރަށަށް ގެންނަނީ މަހެއްހާ ދުވަހުގެ ސްޓޮކެއް. ނަމަވެސް ފަހަކަށް އައިސް ލިބެނީ ހައެއްކަ ފީފާގެ ތެޔޮ. ދެން ވަރަށް ބޮޑަށް މަސައްކަތްކޮށްގެން އެ ސްޓޮކް ހުސްނުވަނީސް ގެނެވެނީ،" 700 މީހުން އުޅޭ ރަށާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

ސިޔާއު ވިދާޅުވީ ރަށުން ކަރަންޓް ކެނޑުމާއެކު އެކަން ފެނަކަ ކޯޕަރޭޝަނަށް އަންގާފައިވާ ކަމަށެވެ. އަދި އެ ރަށަށް ތެޔޮ ފޮނުވުމަށް ލޯޑުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަދި ނޭނގެ ކިހާއިރެއްވާނެ ކަމެއް ތެޔޮ ގެންނަން. މުޅި ރަށުން ކަރަންޓް ކެނޑުމާ ގުޅިގެން ރައްޔިތުންނަށް އެކަމުގެ ދަތިކަން ވަރަށް ބޮޑު،" ސިޔާއު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތެއްނުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު