ޕީއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީސް ބުނީ ޕީއައިސީގެ މެމްބަރު ކަމަށް ކުރުމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ 3:30 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

ޕީއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ވެސް މިއަދުގެ ގެޒެޓްގައި ވަނީ ހިމަނާފަ އެވެ.

އެ ކޮމިޝަނަށް މެމްބަރަކު ހޯދަން މިއަދު އިއުލާން ކޮށްފައިވަނީ އެކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ. ހާލާ ހަމީދު އިސްތިއުފާދެއްވުމާ ގުޅިގެން އެމަގާމު ހުސްވެފައިވާތީ އެވެ.

އެކޮމިޝަންގައި މިހާރު ތިއްބަވަނީ ތިން މެމްބަރުންނެވެ. އެއީ އެކޮމިޝަންގެ ކުރީގެ ރައީސް ޝަހިންދާ އިސްމާއިލް ވެސް އިސްތިއުފާ ދެއްްވާފައިވާތީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު