ޑީއާރުޕީގެ ނައިބު ލީޑަރުންގެ ގޮތުގައި އަލީ ވަހީދާއި، މަވޯޓާ ޝަރީފާއި، އިލްހާމް އަދި އުމަރު ހޮވިވަޑައިގެންފި

19:00


ޑީއާރުޕީގެ ނައިބު ލީޑަރުންގެ ގޮތުގައި އަލީ ވަހީދާއި، އިބްރާހިމް ޝަރީފް ( މަވޯޓާ ) އާއި، އިލްހާމް އަހުމަދު އަދި އުމަރު ނަސީރު ހޮވިވަޑައިގެންފި އެވެ.


ޑީއާރުޕީގެ ތިން ވަނަ ކޮންގްރެސްގައި އެޕާޓީގެ ނައިބު ލީޑަރު ކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ އަށް ބޭފުޅުންގެ ތެރެއިން އެމަގާމަށް ހޮވިވަޑައިގެންނެވި ހަތަރު ބޭފުޅުންނަކީ އެއްވަނަ އަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 645 ވޯޓެވެ. ދެވަނަ ލިބިވަޑައިގަތީ ޕާޓީގެ ޑީއާރުޕީގެ ސްޕޯކްސް ޕާސަން ޝަރީފެވެ. އޭނާ އަށް  ލިބިވަޑައިގެންނެވީ 642 ވޯޓެވެ. ތިން ވަނަ ހޯއްދެވީ ގެމަނަފުށި ދާއިރާގެ މެމްބަރު އިލްހާމެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 593 ވޯޓެވެ. އަދި ހަތަރު ވަނަ އަށް ހޮވިވަޑައިގެންފައިވަނީ 502 ވޯޓާއެކު އައިޑީޕީގެ ކުރީގެ ރައީސް އުމަރު ނަސީރެވެ.


ވާދަ ކުރެއްވި އަނެއް ހަތަރު ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދަކީ ޑރ. އަބްދުﷲ މައުސޫމަށް 393 ވޯޓު، ޑރ. އަފްރާޝީމް އަލީ އަށް 288 ވޯޓު، މުހައްމަދު ސަލީމް (ހޯރަފުށި ސަލީމަށް) 239 ވޯޓު އަދި ޑރ. ފާތިން ހަމީދަށް 210 ވޯޓެވެ.


ޑީއާރުޕީގެ ކޮންގްރެސްގެ މިއަދު މެންދުރުގެ ދަންފަޅީގައި ފުރަތަމަ ކަމަކަށް އެޖެންޑާކޮށްފައި ވަނީ ޕާޓީގެ ލީޑަރު ހޮވުމަށް ވޯޓް ނެގުމެވެ. ނަމަވެސް އެމަޤާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ނައިބް ޒައީމް ކަމުގައި މިހާތަނަށް ހުންނެވި އަހުމަދު ތަސްމީން އަލީ ކަމަށް ވާތީ އަސާސީ ގަވާއިދު ބުނާ ގޮތުގެ މަތިން އެމާގާމަށް އޮޓޮމެޓިކުން ތަސްމީން ހޮވިވަޑައިގެންފައިވާކަން ވަނީ އިއުލާންކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު