ހެންވޭރުކޮޅުގައި ހުރި ގެއެއްގައި ރޯވެ އެގޭގެ ބޮޑު ބައެއް އަނދައިފި

19:00


ހެންވޭރުކޮޅުގައި ހުރި ގެއެއްގައި ރޯވެ ބޮޑުބައެއް އަނދައި، އެ ގޭގައި ހުރި ގިނަ އަދަދެއްގެ އެއްޗިއްސަށް ގެއްލުންވެއްޖެ އެވެ.


މިއަދު މެންދުރުފަހު ހިނގި އެ ހަދިސާގައި ހ. ވާވެލާވެލީގައި ރޯވެ އެގޭގެ ބޮޑުބައި އަނދައިފައި ވަނީ އެގޭގައި މީހުން ދިރިނޫޅޭ ބައިގަ އެވެ. އަދި އެތަނުގެ ރޯވެފައިވަނީ އެއްވެސް މީހަކު އެތަނުގައި ނެތް ވަގުތެއްގަ އެވެ. އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވި ނަމަވެސް އެގޭގައި ހުރި ގިނަ އަދަދެއްގެ މުދަލަށް ވަނީ ގެއްލުންވެފަ އެވެ.


އެގޭގައި އަލިފާން ރޯވާން ދިމާވީ ކީއްވެގެން ކަމެއް އެނގިފައިނުވި ނަމަވެސް އަލިފާން ރޯވި، ވަކިން ކޮޓަރިއެއްހެން ހުރި ތަނެއްގައި ގިނަ އަދަދެއްގެ ކަރަންޓް ސާމާނު ހުރި ކަމަށް މައުލޫމާތު ލިބެ އެވެ. އެ ގޭގައި ރޯވި އަލިފާންގަނޑު އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިޔު އާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ވަނީ ނިއްވާލައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު