މާލެ ހެލްތް ސާވިސް ކޯޕަރޭޝަން ލިމިޓެޑް މިނަމުގައި ކުންފުންޏެއް އުފައްދަވައިފި

14:30


މާލެ ހެލްތް ސާވިސް ކޯޕަރޭޝަން ލިމިޓެޑް މިނަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުންފުންޏެއް އުފައްދަވައިފި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް، ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މި ކުންފުންޏަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި އިޖްތިމާޢީ ދުޅަހެޔޮކަމާއި ރައްޔިތުންގެ ޞިއްޙީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، މާލޭ ސަރަޙައްދުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދްމަތްތައް ޤާއިމުކޮށް، އެ ޚިދްމަތްތައް ދެމެހެއްޓެނިވި ގޮތަކަށް، ލާ މަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކުންފުންޏެއް ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު