އަންނަ އަހަރުގެ ފެށުން "ލޫދިފާ"

އަންނަ އަހަރުގެ ފެބްރުއަރީ 14 ގައި އެޅުމަށް ހަމަޖެހިފައިވާ “ލޫދިފާ” އަކީ މިހާރު މުޖްތަމަޢުގައި ހިނގަމުންދާ ނޭދެވޭ ޢަމަލުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ދިވެހި ފިލްމް " ހޭލާ" އަދި " ހެޕީބާތްޑޭ " ޑައިރެކްޓް ކޮށްފައިވާ މޫމިން ފުއާދު ވާހަކަ ލިޔެ، ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ހިމެނޭނީ ދެ ލަވަ އެވެ. އެއީ ފިލްމުގައި ހިމެނޭ ތީމް ދެ ލަވަ އެކަންޏެވެ. އެ ދެ ލަވައަކީ ވެސް އަމިއްލަ ރާގުގެ ދެ ލަވަ ކަމަށް މޫމިން ބުންޏެވެ.


" ލަވަ އިންނާނީ ތީމް ސޯންގް ގެ ދެ ލަވަ. ލިޕްސިން ކޮށްފައި އެއްވެސް ލަވައެއް ނީންނާނެ. ފިލްމްގެ ގޮތުންނާ އެކީގައި. މިފިލްމަށް ބޭނުމެއް ނުވޭ އަސްލު އެކަހަލަ ލަވައެއް،" މޫމިން ބުންޏެވެ.


ލޯބީގެ މަންޒަރުތައް ދައްކުވައިދޭ މި ފިލްމުގައި 40 ކަށް ސްޓާރުން ހިމެނޭ ކަމަށް މޫމިން ބުންޏެވެ. އޭގެ ތެރޭގައި އާ ކުދިން ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މިހާރު ފިލްމީ ދާއިރާގައި ތިބި ތަރިންވެސް މި ފިލްމުގައި ހިމެނޭނެ ކަމަށް މޫމިން ބުންޏެވެ.


އޭގެ ތެރޭގައި މަރިޔަމް އަފީފާ އާއި، ރަވީ ފާރޫގާއި ޚަދީއްޖާ އިސްމާއިލްގެ އިތުރުން އިބްރާހިމް އިސްމާއިލް ހިމެނެ އެވެ.


މިހާރުގެ މުޖްތަމައުގެ ހާލަތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމަކީ ވެސް " ހޭލާ" އަދި "ހެޕިބާތުޑޭ" ފަދަ ފިލުމްތަކުން ލިބުނު ފަދަ މުހިންމު މެސެޖެއް މުޖްތަމަޢުއަށް ލިބޭނެ ފިލްމެއް ކަމަށް މޫމިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު