ވޯޓުލާ މީހުންގެ އިނގިލީގައި ނިޝާން ޖަހަން ބޭނުންކުރާ ދެލިކޮޅު ފޮހެވިގެންދާ ކަމުގެ އިމަޖެންސީ ރިޕޯޓް ތަކެއް ލިބެމުންދާ ކަމަށް ޓްރާންސް ޕޭރެނެސީ މޯލްޑިވްސް އިން ބުނެފި އެވެ.
ހަމައެއާއެކު ވޯޓުލާ ކަރުދާސްކޮޅު ދައްކާކަމުގެ ޝަކުވާ ވެސް ލިބެމުންދާ ކަމަށާއި އެފަދަ އެއްވެސް ކަމަކީ ވޯޓުލާ މަރުކަޒުގެ އިންތިޒާމާއި ގުޅިފައިވާ ކަންކަން ނޫން ކަމަށާއި އެފަދަ ކަންކަމަށް ފުލުހުން އެކަށީގެންވާ ފިޔަވަޅު އަޅަމުންދާ ކަމަށް ވެސް ޓްރާސްޕޭރެންސީ މޯލްޑިވްސް އިން ބުންޏެވެ.
އެހެންނަމަވެސް ވޯޓުގެ ސިއްރުކަން ގެއްލޭފަދަ ކަންކަން އެހެންފަހަރުތަކަށް ވުރެއް މިފަހަރު މަދު ކަމަށާއި އެއްވެސް ވޯޓުފޮއްޓެއް ކައިރީގައި މާރާމާރީ ނުވަތަ ހަމަނުޖެހުން އުފައްދަން މަސައްކަތް ކޮށްފައިވާ ކަމުގެ ރިޕޯޓްއެއް ލިބިފައި ނުވާ ކަމަށާއި ޖުމްލަގޮތެއްގައި އިންތިހާބުގެ ކަންކަން ދަނީ ވަރަށް ސުލްހަވެރިކޮށްކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.