މެމްބަރު ހުސައިން ވަހީދުގެ އަންހެނުންނާއި ދަރިފުޅު ގަޔަށް ވަޅި ހަރައިފި

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ އަނބިކަނބަލުންނަށާއި އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. އެ ހަމަލާދީފައި ވަނީ މިރޭ އިރާކޮޅު އެ ދެމައިން ދިރިއުޅޭ ހ. އަޒުމްގޭގެ ހަ ވަނަ ފަންގިފިލާގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެ ހާދިސާއަކީ "އާއިލީ ކަންތައްތަކަކާ ގުޅިގެން ހިނގައިދިޔަ" ކަމެއް ކަމަށާއި އެކަމާ ގުޅިގެން 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހުސައިން ވަހީދުގެ އަންހެނުންގެ އެއްބަނޑު ބޭބެ އެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އެ ދެމައިންނަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތެވެ.

މެމްބަރު ހުސައިން ވަހީދުގެ އަންހެނުންނަށާއި ދަރިފުޅަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ކުޑަދަރިފުޅުގެ ހާލު ސީރިއަސް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު