ލޯބީގެ ގުޅުންތަކާއި އެނޫން ވެސް ގާތް ގުޅުންތަކަށް ވެދާނެ ގޮތަކީ ގިނަ ބަޔަކަށް އެންމެ މުހިންމު މައުލޫމާތަށްވާނެ އެވެ. އެފަދަ ގުޅުންތަކަށް ވާނޭ ގޮތް އަންދާޒާކުރަން ވެސް އެންގިދާނެ ކަމެކެވެ. ދައްކާ ވާހަކައަށް ބަލައިގެން ނެވެ. ދުނިޔޭގެ އެންމެ ގިނަ މީހުން ވަންނަ ސައިޓް ފޭސްބުކް އިން ވެސް ލޯބީގެ ގުޅުންތަކަށް ވާނޭ ގޮތް އަންދާޒާ ކުރަނީ އެފަދައިން ކަމަށް ވެދާނެ އެވެ.
އެމެރިކާގެ ޔުނިވާސީޓީއެއް ކަމަށްވާ ކޯނެލް ޔުނިވާސިޓީން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން ރައްޓެހިވެގެން އުޅޭ ދެމީހުންގެ ގުޅުން ފޭސް-ބުކް ގައި "ރިލޭޝަންޝިޕް" އަކުން "ކޮމްޕްލިކޭޓެޑް"އަށް ބަދަލުވުމުގެ ކުރިން ފޭސް-ބުކް އަށް އިންގޭ ކަމަށެވެ.
އެދިރާސާގައި ބުނެފައިވާ ގޮތުން ރައްޓެހިވެގެން އުޅޭ ދެމީހުންގެ "ފްރެންޑް ލިސްޓް" ބެލުމަށްފަހު އެދެމީހުން ގުޅުމުގެ ހަރުދަނާ ކަމާއި ހީނަރުކަން ފޭސް-ބުކް އަށް ބުނެދެން އެނގޭ ކަމަށާއި އެފަދަ ގުޅުންތަށް ކެނޑިގެން ނުދީ ހިފެހެއްޓުމަށްޓަކައި ގިނަ ރައްޓެހިން ފޭސް-ބުކް ނެޓްވޯކްގެ ތެރޭގައި ބަހައްޓަން ޖެހޭ ކަމަށެވެ.
ދުނިޔޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް ނެޓްވޯކް ފޭސް-ބުކް ގައި 1.3 މިލިއަން މީހުން އެމީހުންގެ ލޯބީގެ ގުޅުން ފޭސް-ބުކްގައި ޖަހާފައިވާ އިރު އެތަނުން ދެމިގެންދަނީ މަދުން "މިއުޗުއަލް ފްރެންޑްސް" ހުންނަ މީހުން ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
އިންގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ޑެއިލީ މެއިލް" ގައި ވާ ގޮތުން އެދިރާސާ ކޮށްފައިވަނީ ހަމައެކަނި ރައްޓެހިވެގެން އުޅޭ ދެމީހުންގެ މިއުޗުއަލް ފްރެންޑްސްގެ އަށް ބަލަގެން ނޫން ކަމަށާއި މުޗުއަލް ފްރެންޑްސްގެ މެދުގައި އޮންނަ ނެޓްވޯކް ސްޓަރްޗާ އަށާއި އެމީހުންގެ މެދުގައި އޮންނަ ގުޅުމަށް ބަލާކަމަށް ބުނެފައިވެ އެވެ.