އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ތިން އަހަރަށް މައިލޯއިން ސްޕޮންސާ ކޮށްފި

އެތުލެޓިކްސް އެސޯސިއޭޝަނުން ކޮންމެ އަހަރަކު މާލޭގައި ބާއްވަމުން އަންނަ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިޔަށް އޮތް ތިން އަހަރަށް މައިލޯއިން ސްޕޮންސާ ކޮށްފި އެވެ.

މައިލޯއިން މިމުބާރާތް ސްޕޮންސަރު ކުރުމުން 2013، 2014 އަދި 2015ވަނަ އަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިޔަށް ދާނީ "މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް"ގެ ނަމުގައެވެ.

މައިލޯ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިތުރުން އެއެސޯސިއޭޝަނުން ކުރިޔަށްގެންދާ ކިޑްސް އެތުލެޓިކްސް ޕްރޮގްރާމްވެސް މައިލޯ އިންވަނީ ސްޕޮންސާކޮށްފަ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނާއި މައިލޯ އާއި ދެމެދު ކުރުވުނު އެއްބަސްވުމުގެ އަގު ހާމަކުރަން ދެފަރާތުން ވެސް އުޒުރުވެރިވެ އެވެ. މި އެއްބަސްވުމުގެ ދަށުން މައިލޯ އިން އެސޯސިއޭޝަނަށް ފައިސާ އާއި އެހެނިހެން އެހީތައް ވެދޭނެއެވެ. އަދި މައިލޯ ޕްރޮމޯޓް ކުރުމަށް އެ އެސޯސިއޭޝަންގެ އެތުލީޓުންނާއި އެ އެސޯސިއޭޝަނުންވެސް މަސައްކަތްކުރާނެއެވެ.

އެއްބަސްވުމުގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތަލާލް އެވެ. އަދި މައިލޯގެ ފަރާތުން ސޮއިކުރީ ނެސްލޭ ލަންކާ ކުންފުނީގެ ރާއްޖޭ އޮޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖާ ދިޝާން ވިޖަޔަވަރުދަނާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު