މާފަރު ސްކޫލް ފައިނޭންސް އޮފިސަރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި

ނ. މާފަރު ސްކޫލުގެ ރުއްގަސްތަކެއް ވިއްކައިގެން 2006 ވަނަ އަހަރު ލިބުނު 10،000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ބޭނުން ކުރުމުގެ ތުހުމަތުގައި އެ ރަށު ސްކޫލްގެ ފައިނޭންސް އޮފިސާ އަޙްމަދު ނަބީލްގެ މައްޗަަށް ކޮރަަޕްޝަންގެ ދައުވާ އޭސީސީ އުފުލައި ޕީޖީ އަށް ފޮނުވައިފި އެވެ.

އޭސީސީ އިން މިއަދު ނެރުން ބަޔާންގައި ބުނެފައި ވަނީ މާފަރު ސްކޫލުގެ ރުއްގަސްތަކެއް 2006 ވަނަ އަހަރު ނީލަން ކިޔުމަށް ފަހު ލިބުނު ފައިސާ ފައިނޭންސް އޮފިސަރު ސްކޫލް އޮފީހާ ހަވާލުކޮށްފައި ނުވާ ކަމަށެވެ. އަދި ސްކޫލުން އޮފީހަށް ފޮނުވި ސިޓީގައި އެ ފައިސާ އަށް ވީގޮތް ނޭނގޭ ކަމަށް ބުނެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން ނީލަން ކިޔުމުން ލިބުނު ޖުމްލަ 10،840 ރުފިޔާގެ ރަސީދުން ބަލައިގެންފައިވާކަން އެނގެން އޮތް ކަމަށެވެ. އަދި އެ ފައިސާ ހަވާލުވީ އަޙްމަދު ނަބީލާކަން ވެސް އެނގޭ ކަމަށެވެ. އެ ފައިސާ އިން ސްކޫލްގެ ބިލްތަކަށް ހަރަދުކޮށްފައިވާނެ ކަމަށް އަޙްމަދު ނަބީލް އޭސީސީގެ ތަހްގީގުގައި ބުނި ނަމަވެސް އެ ފައިސާ ޚަރަދުކޮށްފައިވާ ކަމުގެ ލިޔުންތައް ފެންނަން ނެތް ކަމަށް އެބަޔާންގައި ވަނީ ބުނެފަ އެވެ.

އެސީސީ އިން ވަނީ އަޙްމަދު ނަބީލްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާ އުފުލައި އެ ފައިސާ ހަވާލު ކުރުމަށް އަންގައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު