މައުމޫން ފައުންޑޭޝަނުން ގާޑުން ސިޓީ ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ޒުވާނަކަށް ހޯދައިފި

މައުމޫން ފައުންޑޭޝަނުން އިންޑިއާގެ ބެންގަލޫރު ގާޑުން ސިޓީ ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ހޯދައިދިން ދަރިވަރަށް ސެޓިފިކެޓް މިއަދު ހަވާލުކޮށްފި އެވެ.

މައުމޫން ފައުންޑޭޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މި އަހަރު އެ ފުރުސަތު ލިބިފައި ވަނީ މއ. ފޭރުގޭ އަހުމަދު ޖައިލަމަށް ކަމަށެވެ.

މިއަދު މައުމޫން ފައުންޑޭޝަނުގައި އޮތް ބައްދަލުވުމުގައި ޖައިލަމަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ، މައުމޫން ފައުންޑޭޝަނުން ބުނި ގޮތައި، އެ ފައުންޑޭޝަންގެ ޗެއާމަން އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު