ވަހީދުގެ ކެމްޕޭން މެނޭޖަރުކަން އަބްދުﷲ ރަޝީދަށް ދެއްވައިފި

ގައުމައިގެން ކުރިއަށް ކޯލިޝަނުގެ ކެމްޕެއިން މެނޭޖަރަކަށް އަބްދުﷲ ރަޝީދު (ސީދިބެ) ހަމަ ޖައްސައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަރިހު "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރަކަށް އަބްދުﷲ ރަޝީދު ހަމަޖައްސަވާފައިވާ ކަމަށާއި ކެމްޕެއިންގެ ކަންތައްތައް މިހާރަށް ވުރެ ބާރަށް ކުރިއަށްދާނެ ކަމަށެވެ.

އަބްދުﷲ ރަޝީދަކީ އިލެކްޝަންސް ކޮމިޝަނަރު ކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުކަން ވެސް ކުރައްވާފައިވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ ދުނިޔޭގެ ސްކައުޓް ޖަމިއްޔާގެ އޭޝިޔާ ފެސިފިކް ރީޖަނަލް ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ. އޭނާ ސްކައުޓުން ރިޓަޔާ ކުރައްވާފައި ވަނީ މިދިޔަ މަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު