ބާ އިންޖީނުގެ ކައިރީގައި ހުންނަ މިސްކިތާ އިންވެގެން އޮންނަ ގޯޅިގަނޑު ފުޅާކުރުމުގެ މަސައްކަތް ފަށައިފި

ބާއިންޖީނުގެ ބިމާ އިންވެގެން ހުންނަ މިސްކިތުގެ ގޯޅި ގަނޑުން ބައެއް ނަގައިގެން އެސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ޕާކިން ޒޯނެއް ހަދާފައިވަނިކޮށް، ގޯޅިގަނޑު ހަނިވެގެން އާއްމުންގެ ޝަކުވާކުރަން ފެށުމުން ގޯޅިގަނޑު ފުޅާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއީ މިރޭ ވިދާޅުވީ އެގޯޅިގަނޑު ހަނިކުރީ ކުރިން އާއްމުންގެ ތެރެއިން ބަޔަކު އެ ސަރަހައްދުގައި ޕާކިންއެއް ހަދައިދިނުމަށް އެދި އެކައުންސިލަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ކަމަށެވެ. އެގޮތުން ރޯދަ މަސް އަންނަންވާއިރަށް އެސަރަހައްދުގައި ޕާކްކުރާ އެއްޗެހީގެ ތޮއްޖެހުން ކުޑަކުރުމަށް އެމަސައްކަތް ކުރީ ޕާކުގެ ތެރެއިިން ޕާކިން ޒޯނެއް ހަދައިގެން ކަމަށެވެ. އަދި އެ ޒޯން ހެދި އިރު ގޯޅިގަނޑުން ވެސް ބައެއް ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގޯޅިގަނޑު ހަނިވެގެން މިސްކިތަށް އަރާ މީހުންނާއި އެސަރަހައްދުގައި އުޅޭ ދުވަސްވީ މީހުންގެ ޝަކުވާތަކާ އެކު އަލުން ގޯޅިގަނޑު ފުޅާ ކުރުމަށް ފާރު ތެޅުގެ މަސައްކަތް ފެށީ. އެމީހުން ބުނަކީ މިހާރު ގޯޅިގަނޑު ހަނިކަމުން ކުޑަ ކުއްޖަކު ގޮވައިގެން ގޯޅިގަނޑުން އެކީ އެއް ސަފެއްގައި ނުހިނގޭ ކަމަށް،" ސުޖާއު ވިދާޅުވި އެވެ.

ޕާކިންއަކާ އެކު އަލުން އެ ސަރަހައްދު ޑިޒައިންކޮށް ނިމުނި އިރު ގޯޅިގަނޑު މާބޮޑަށް ހަނިވެގެން އެހިސާބުގަނޑުގައި އުޅޭ ދުވަސްވީ ގިނަ ބައެއްގެ ޝަކުވާތަކެއް ވަނީ ސިޓީ ކައުންސިލަށް ހުށަހަޅައިފަ އެވެ. އެމީހުންގެ އެ ޝާކުވާތަކާ ގުޅިގެން ގޯޅިގަނޑު ފާރު ތަޅާލުމުގެ މަސައްކަތް މިރޭ ފަށާފައިވާއިރު ދެ ދުވަހެއްގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު