ދިވެހި ލީގު ކޮލިފިކޭޝަން: މެކާނޯ އަތުން ވިކްޓަރީ މޮޅުވެއްޖެ

ދިވެހި ލީގު ކޮލިފިކޭޝަނުގައި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން މެކާނޯ އަތުން ވިކްޓަރީ 3-0 އިން މޮޅުވެއްޖެ އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސްރީ ލަންކާގެ ފޯވާޑް ޗަންނަ އެވެ. އަދި އިއްޔެ މެޗުގެ ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ވިކްޓަރީއަށް ކާމިޔާބު ކޮށްދިނީ ހުސެއިން ޝިމާޒް (ކޮކީ) އެވެ.

އިއްޔެ މޮޅާ އެކު ވިކްޓަރީ އޮތީ ތިން ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ވީބީ އާއި މަހިބަދު އަށް އެއް ޕޮއިންޓް ލިބިފައިވާ އިރު މެކާނޯ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ދިވެހި ލީގުގެ ކޮލިފިކޭޝަން މެޗުތައް ގެންދާނީ ލީގު އުސޫލުންނެވެ. އެގޮތުން ލީގުގައި ވާދަކުރާ ހަތަރު ޓީމް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެއްބުރު ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް އަންނަ އަހަރުގެ ދިވެހި ލީގަށް ކޮލިފައިވާނެ އެވެ. އަދި އަނެއް ދެޓީމް ޖެހޭނީ އަންނަ ސީޒަންގައި ދެވަނަ ޑިވިޝަންގައި ވާދަކުރާށެވެ.

ދިވެހި ލީގު 2014 ކޮލިފިކޭޝަންގައި ޖުމުލަ ހަމެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު ފަހު ދެމެޗު ފިޔަވައި ހުރިހާ މެޗުތަކެއް ވެސް ކުޅޭނީ ހަވީރު 4:00ގަ އެވެ. އަދި ކޮލިފިކޭޝަންގެ ފަހު ދެމެޗު ކުޅޭނީ ރޭގަނޑު 10:00ގަ އެވެ.
މުބާރާތުގައި ބާކީ ދެން ކުޅެންހުރި މެޗްތައް:
ޖުލައި 3: ވީބީ އައްޑޫ އެފްސީ – ސްޕޯޓްސް ކްލަބް މެކާނޯ
ޖުލައި 4: ވިކްޓަރީ ސްޕޯޓްސް ކްލަބް – މަހިބަދޫ ސްޕޯޓްސް ކްލަބް
ޖުލައި 11: ސްޕޯޓްސް ކްލަބް މެކާނޯ – މަހިބަދޫ ސްޕޯޓްސް ކްލަބް
ޖުލައި 12: ވިކްޓަރީ ސްޕޯޓްސް ކްލަބް - ވީބީ އައްޑޫ އެފްސީ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު