ސިވިލް ކޯޓުގައި ހިންގާ މައްސަލަތަލުގައި ދެ ފަރާތް ސުލްވެރި ވުމަށް އޮންނަ "މީޑީއޭޝަން"ތައް ވަގުތީ ގޮތުން ހުއްޓާލައފި އެވެ.
ސިވިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ދެ ފަރާތް ސުލްހަވެގެނެ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ މިޑިއޭޝަން ޕްރޮގްރާމް ވަގުތީ ގޮތުން ހުއްޓައިލީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖުޑީޝަލް ކައުންސިލުން އެކަމަށް ހަދާ ހާއްސަ ގަވައިދު ތަސްދީގު ކުރަންދެން ކަމަށެވެ.
ފަހަކަށް އައިސް ސިވިލް ކޯޓުގައި މީޑިއޭޝަން އުސޫލުން ވަރަށް ގިނަ މައްސަލަތަކެއް ހިންގައެވެ.
އޭގެ ތެރޭގައި ކުއްޔަށް ގެންދާ ތަކެތީގެ ފައިސާއާ ގުޅޭ މައްސަލަތަކާއި އާންމު އުނދަގުލުގެ މައްސަލަތަކާއި ސައިކަލް އިންސްޓޯލްމަންޓްގެ މައްސަލަތަކާއީ އެގްރިމެންޓްތަކާއި ގުޅޭ މައްސަލަތަކާއި މުވައްޒަފުންގެ ލޯނުގެ މައްސަލަތައް ހިމެނެ އެވެ.