ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް އަންގާރަ ދުވަހު ފަށަނީ

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބައްވާ 11 ވަނަ އަލްމުދިސް ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް އަންނަ މަހުގެ ދެ ވަނަ ދުވަހު ފަށާ ގޮތައް ހަމަޖައްސައިފި އެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ، މާލޭ ފަތާޓްރެކް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތައް ކަމަށެވެ. އަދި މުބާރާތުގައި ދެޖިންސުން 319 ފެތުންތެރިން ވަނީ ބައިވެރިވެފަ އެވެ.

މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފަސް އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެ އުމުރު ފުރާތަކަކީ 10 އަހަރުން ދަށާއި 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރު ފުރާތަކެވެ.

މުބާރާތުގައި ބައިވެރިވެފައި ވަނީ ޖުމްލަ 12 ސްކޫލަކުންނެވެ. އެއީ އަމީނިއްޔާ އާއި މަޖީދިއްޔާ އާއި ސީއެޗްއެސްއީ އާއި ހިތަދީ ސުކޫލާއި އިސްކަންދު ސުކޫލާއި ޖަމާލުއްދީން ސުކޫލާއި އިމާދުއްދީން ސުކޫލާއި ތާޖުއްދީން ސުކޫލާއި ޣާޒީ ސުކޫލާއި ބިލަބޮގް ހައި އިންޓަނޭޝަނަލް އާއި އަހުމަދިއްޔާ ސުކޫލް އަދި ގިޔާޒުއްދީން ސުކޫލެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު