އިންޖީނުގެއިން ތެޔޮ ހުސްވެގެން ހެނބަދޫން ކަރަންޓު ކެނޑިއްޖެ

ނ. ހެނބަދޫގެ އިންޖީނުގޭގައި ބޭނުން ކުރަމުން ގެންދާ އިންޖީނުތަކަށް ތެޔޮ ނުލިބިގެން އެރަށުން ކަރަންޓް ކަނޑައިލައިފި އެވެ.

އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ ރަށުން މިއަދު މެންދުރު ނަމާދަށް ފަހު ކަރަންޓް ކެނިފައިވާ ކަމަށާއި ކަރަންޓު ކެނޑުނީ ފެނަކަ ކޯޕަރޭޝަނުން ނ. އަތޮޅަށް ތެޔޮ ފޮނުވުން ލަސްވެ، އެންމެފަހުން ރަށުން ތެޔޮ ހުސްވެގެން ކަމަށެވެ. ރަށުން ކަރަންޓް ކަނޑެމުން ސަބަބުން ދަތިތަކާ ކުރިމަތިވަމުން ގެންދާ ކަމަށް އެ ރަށުން "ސަން"އާ ވާހަކަދެއްކި މީހުން ބުންޏެވެ.

"މެންދުރު ގަޑިއަކީ އާއްމުކޮށް ކުޑަކުދިން ނިދާ ގަޑި، އަނެއްކާ މެންދުރު ގަޑީގައި ވަރަށް ހޫނު ގަޑިއެއް އެހެންވެ ވެސް އުނދަގޫތަކެއްވޭ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހެނބަދޫ އިންޖީނުގެ ހިނގުމާ ހަލާވުވެ ހުންނެވި މުހައްމަދު ރަމީޒު ވިދާޅުވީ އެރަށުން ކަރަންޓް ކަނޑާލަން ޖެހުނީ އިންޖީނަށް އަޅަން ހުރި ތެޔޮ އެކީގައި ހުސްވެގެން ކަމަށާއި ދެ ފީފާގެ ތެޔޮ އެންމެ ފަހުން އެރަށަށް ލިބިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަަށެވެ.

"ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް އިންޖީނުގެއަށް ތެޔޮ މި ގެންނަނީ މަނަދޫ ނޫނީ ވެލިދޫއިން، އެންމެ ފަހުން ތެޔޮ ގެނައު ދުވަހު ވެސް އަޅުގަނޑުމެން ބުނިން މިއަދުގެ ހެނދުނަށް ތެޔޮ ނުލިބިއްޖެއްޔާ ކަރަންޓް ކަނޑާލަން ޖެހޭނެއޭ،" ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ތެޔޮ ލިބުނުހާ އަވަހަކަށް ރަށަށް ކަރަންޓް ދޭނެ ކަމަށާއި މިއަދު މެންދުރު ފަހު އެރަށަށް ތެޔޮ ފޯރުކޮށްދިނުމަށް މަނަދޫން މިހާރު ތެޔޮ ބަރުކުރަމުން ގެންދާ ކަމަށް ވެސް ވެލިދޫގެ ފެނަކަ ކޯޕަރޭޝަނާ ހަވާލާދެއްވާ އޭނާ ވިދާޅުވި އެވެ.

ފަނައިގެ ދަށުން ހިންގަމުން ގެންދާ ހެނމަދޫގެ އިންޖީނުގޭގައި 100 ކިލޯ ވޯޓްގެ އިންޖީނަކާ އެކު ތިން އިންޖީނު ހުންނައިރު އެރަށުގައި މިހާރު ބޭނުން ކުރަމުން ގެންދާ 48 އަދި 50 ކިލޯވޯޓްގެ ދެ އިންޖީނެވެ. އަދި ދުވާލެއްގެ މައްޗަށް 300-320 ލީޓަރުގެ ތެޔޮ އެ ދެ އިންޖީނަށް އަޅަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތެޔޮ ހުސްވެގެން ދާދިފަހުން ވެސް އެ ރަށުން ވަނީ ކަރަންޓް ކަނޑާލަން ޖެހިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު