ސްކޫލް ކުރިކެޓް ލީގް:
ގިޔާސުއްދީން އަތުން އިސްކަންދަރު މޮޅުވެއްޖެ

އެސްޓީއޯ އިން ސްޕޮންސާކޮށް، ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބާއްވަމުން އަންނަ ޕިލިޕްސް ސްކޫލް ކްރިކެޓް ލީގުގެ 15 އަހަރުން ދަށުގެ އުމުރުފުރާގައި މިއަދު ކުޅުނު ފުރަތަމަ މެޗް އިސްކަންދަރު ސުކޫލްގެ ޓީމުން ކާމިޔާބު ކޮށްފި އެވެ.

ކުޅިވަރު އެކުއެނީ އެއްނަންބަރު ދަނޑުގައި މިއަދު ހެދުނު ކުޅުނު މެޗް އިސްކަންދަރު ސްކޫލްގެ ޓީމުން ކާމިޔާބު ކުރީ ގިޔާސުއްދީން ސްކޫލާއި ބައްދަލުކޮށް 103 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މިއަދުގެ މެޗުގައި ޓޮސްދިމާވުމުން ގިޔާޒުއްދީން ގަސްތުކުރީ ހޮވުމަށެވެ. އަދި އިސްކަންދަރު ސްކޫލުން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 149 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 39 ލަނޑުހެދި ތުސާރު އާއި 20 ލަނޑުހެދި ޔޫސުފް އަޒިޔާން އެވެ.

ޖަވާބުގައި ގިޔާޒުއްދީން ކުޅެންއަރާ 14 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 46 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 10 ލަނޑުހެދި އިބްރާހިމް ރައީފެވެ. އިސްކަންދަރު ސްކޫލްގެ އަޒިޔާން ޔޫސުފް މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދިއެވެ. ތިން އޯވަރު އެއް ލަނޑަށް ތިން ވިކެޓް އޭނަ ވަނީ މިއަދުގެ މެޗުގައި ނަގައިފައެވެ.

މުބާރާތުގައި މިއަދު މެންދުރު ފަހު ބައްދަލުކުރާ ދެޓީމަކީ މުހިއްދީން އާއި ތާޖުއްދީން ސްކޫލެވެ. ކުޅުން ފެށުމަށް ހަމަޖެހިފަިއ ވަނީ 2:30 ގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު