މޫސާ އަލީ ޖަލީލަށް ޖިހާދުގެ ރަތް މެޑެލް ދެއްވައިފި

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ ޢަލީ ޖަލީލަށް، ޖިހާދުގެ ރަތް މެޑަލާއި ދިގުމުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑަލް ރައީސުލްޖުމްހޫރުއްރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.


މިކަމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިންޓިގްރޭޓެޑް ހެޑްކުއާޓަޒްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މެޑެލާއި ސެޓްފިކެޓް ދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޑިފެންސް ފޯސް މިހާރު މިއޮތް ހަރުދަނާ ގޮތުގައި ބިނާކުރެއްވުމަށް، މޭޖާ ޖެނެރަލް މޫސާ ޢަލީ ޖަލީލް ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، މޭޖާ ޖެނެރަލް މޫސާ ޖަލީލަށް، ރައީސުލްޖުމްހޫރިއްޔާ މަރްހަބާ ވިދާޅުވެ، މުބާރަކްބާދީ އަދާކުރެއްވި އެވެ.


ރާއްޖޭގެ ސިޔާސީ ނިޒާމު، ކުރިއަށްވުރެ ވަރަށް ބޮޑަށް ބަދަލު ވެގެންދާއިރު ވެސް، ސިޔާސީ ނުފޫޒުން އެއްކިބާވެ، ހަރުދަނާކަމާ އެކު، ސިފައިން، އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވަނީ، މުޅި ރާއްޖެއަށާއި، މިފަދަ ގޮތަކަށް ޤައުމީ ޙަޔާތް ބަދަލުވާ ކޮންމެ ޤައުމަކަށްވެސް ނަމޫނާއަކަށް ވާފަދަ ގޮތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، އެކިގޮތްގޮތުން ރާއްޖެއަށް ހުރި ތަފާތު ނުރައްކާތަކުން ރާއްޖެ ސަލާމަތްކުރެއްވުމަށް، ރާއްޖޭގެ ސިފައިން އިސްވެ ތިއްބަވައިގެން ރާއްވަވާފައިވާ ރޭއްވެވުންތަކާއި އިންތިޒާމްތަކަކީ، ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ އަދި އިތުބާރު ކުރައްވާ ރޭއްވެވުންތަކަކާއި އިންތިޒާމްތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު