ޑރ. ހަސަން ސައީދަށް ގާސިމް ރައްދު ދެއްވައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ފަހަތްޕުޅުގައި މަސައްކަތްކުރާނެ ޓީމެއް ނެތް ކަމަށް ވިދާޅުވެ، ގައުމީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ހާއްސަ މުޝީރު ދެއްކެވި ވާހަކަތަކަށް ގާސިމް ރައްދު ދެއްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާގެ ފަހަތްޕުޅުގައި ޓީމެއް ނެތް ކަމަށް ޑރ. ހަސަން ސައީދު އެ ވިދާޅުވަނީ އެ ޓީމް ބޮޑުކަމުން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ޓީމްގެ ބޮޑުކަމުން އެހެން ވިދާޅުވީހެން،"

ގާސިމް ވިދާޅުވީ ގައުމު ތަރައްގީ ކުރުމަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ވިލާ ފައުންޑޭޝަނުން މީހުން ކިޔަވައިދިނުމަށް ފޮނުވައިދިނީ މި ގައުމުގެ މުސްތަގުބަލަށް ކަމަށާއި ކިޔަވައިގެން އައިސް އޭނާގެ "ކަރަށް ފައިން" އަރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ހުރިހާ ދާއިރާއަކުން އަޅުގަނޑުމެން ވިލާ ފައުންޑޭޝަނުން ދަރިންނަށް ކިޔަވާދިނީ ކޮން ކަމަކާތޯ. މި ގައުމު ތަރައްގީކުރުމަށް، މި ގައުމުގެ މުސްތަގުބިލް އުޖާލާ ކުރުމަށް. މިއަދު އަޅުގަނޑުމެން އަތުކުރިއޮޅާފައި ނިކުމަތީމާ އަޅުގަނޑުގެ ކަރަށް ނުވަތަ އަޅުގަނޑުގެ މެޔަށް ފައިން އަރާނެ ކަމަށްތޯ ހީކުރަނީ. ނޫން. ނުވާނެ އެހެނެއް. އެއީ ބަތާ ހަރާމީންނަށްވެ ނުވަތަ ހަރާން ކޯރުވާނެ ކަމަށްތޯ. އަޅުގަނޑާ އަތުގުޅާލާނެ ވަގުތު ޖެހުނީމާ،"

ގާސިމް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ ރާއްޖޭގެ ހުރިހާ އެންމެނަށް ކިޔަވަދިނުމަށް މަސައްކަތްކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތުގައި ބައިވެރިނުވާނެ ކަމަށް ހީކުރަނީތޯ ތަކުރާރުކޮން ސުވާލު ކުރައްވަމުން އޭނާ ވަނީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވަހީދުގެ ކޯލިޝަނުން ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ޑރ. ހަސަން ސައީދު ވިދާޅުވެފައި ވަނީ ގައުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ޓީމެއް ބޭނުންވާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ފަހަތްޕުޅުގައި މަސައްކަތްކުރާނެ ޓީމެއް ނެތް ކަމަށެވެ.

"ރިޔާސީ އިންތިހާބަށް އެކަނި ނިކުމެވަޑައިގެން އެކަމެއް ނުކުރެވޭނެ. ގައުމުގެ ގޮންޖެހުންތަކަށް ބަލާއިރު ޓީމެއް ބޭނުންވޭ. ގާސިމް އިބްރާހިމް ފަތްޕުޅުގައި އަޅުގަނޑުމެންނަކަށް އެ ޓީމެއް ނުފެނޭ. ޓީމަކަށް ނޫނީ ތަފާތު ހިޔާލުގެ ބޭފުޅުން ގުޅިގެންނުނީ ގައުމުގެ ހުރި ގޮންޖެހުންތައް ހައްލެއް ނުކުރެވޭނެ. ވަރަށް އިހްލާސްތެރިކަމާ އެކު އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަކަށް އެ ޓީމެއް ގާސިމާ އެކު ނުފެނެއޭ،" ހަސަން ސައީދު ވަނީ ވިދާޅުވެފަ އެވެ.

ރޭގެ ޖަލްސާގައި ވެސް ޖުމްހޫރީ ޕާޓީއާ އަލަށް ބައެއް މީހުން ސޮއިކޮށްފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު