އެޓޯލް އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގެ އިންވެންޓުތައް އިއްޔެ ވެސް ކުރިއަށް ގެންގޮސްފި

ހދ. ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ 18 ވަނަ އެޓޯލް އިންޓާ ސްކޫލް އެތުލެޓިކްސް މީޓުގެ އިއްޔެ ވެސް އިންވެންޓުތައް ކުރިއަށް ގެންގޮސްފި އެވެ.

މުބާރާތުގައި އިއްޔެ ހެނދުނު ދަންފަޅީގައި ނުވަ އިވެންޓް ކުރިޔަށް ގެންދިޔުމަށް ރޭވިފައި ވީނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ކުރިޔަށް ގެންދެވިފައިވަނީ ފަސް އިވެންޓެވެ. އެއީ 11 އަދި 13 އަހަރުންދަށުގެ އަންހެން ފިރިހެން 80 މީޓަރު ދުވުމާއި، 15 އަހަރުންދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕް އެވެ.

އިއްޔެ ކުރިއަށްދިޔަ 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕްއިން އެއް ވަނަ ހޯދީ ހދ. އަތޮޅު މަދަރުސާގެ އާމިނަތު ނިހާ އެވެ.

މުބާރާތުގެ އިއްޔެ މެންދުރު ފަހު ދަންފަޅީގައި 14 އިވެންޓް ކުރިޔަށް ދިޔައެވެ. އަދި 14 އަހަރުންދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕް އިން އެއް ވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ ހުސައިން ޝަހުދާން ފަހުމީ އެވެ.

އިއްޔެ ކުރިއަށްދިޔަ 11 އަހަރުންދަށުގެ ފިރިހެން ކުދިންގެ 80 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުސައިން ސިރާޖް އެވެ. އަދި މި އުމުރުފުރާގެ އަންހެން ކުދިންގެ 80 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ހދ. އަތޮޅު މަދަރުސާގެ ފާތިމަތު ޝިއުރާއެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 80 މީޓަރު ދުވުމުން އެއް ވަނަ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހުސައިން ލަޔާން އަދި މި އުމުރުފުރާގެ އަންހެންކުދިންގެ 80 މީޓަރު ދުވުމުން އެއް ވަނަ ހޯދާފައި ވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ މަރްޔަމް އަލީ އެވެ.

އިއްޔެ ކުރިއަށް ދިޔަ 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕް އިން އެއް ވަނަ ހޯދީ އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލް ގެ ހުސައިން ޝަހުދާން ފަހުމީއެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕް އިން އެއް ވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު އާލިފް އިސްމާއީލް އެވެ.

ފަނަ އަހަރުން ދަށުގެ ބައިން އިއްޔެ ކުރިއަށްދިޔަ ފިރިހެން ކުދިންގެ 400 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ އަސްއަދު އަހުމަދު އަދި މި އުމުރުފުރާގެ އަންހެން ކުދިންގެ 400 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ނަޝާ ނިޒާރެވެ. އަދި 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ހުސައިން ރިޒާ އަދި މި އުމުރުފުރާގެ އަންހެން ކުދިންގެ 400 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ހިރިޔާ ސްކޫލްގެ އާއިޝަތު ސަރާއެވެ.

އިއްޔެ އިވެންޓްތަކާ އެކު މުބާރާތުގެ ޕޮއިންޓް ޓޭބަލްގައި 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 36 ޕޮއިންޓާއެކު އެއް ވަނަ މަގާމް ގައި އޮތީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 30 ޕޮއިންޓާއެކު އެއް ވަނަ މަގާމްގައި ވެސް އޮތީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.

މުބާރާތުގެ 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 34 ޕޮއިންޓާއެކު ޖަލާލުއްދީން ސްކޫލް އަދި 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 31 ޕޮއިންޓާއެކު އެއް ވަނަ މަގާމް ގައި އަދި އޮތީ ޝަރަފުއްދީން ސްކޫލެވެ. 11 އަހަރުން ދަށުގެ އަންހެން ކުދިންގެ އެއް ވަނަ ހދ. އަތޮޅު މަދަރުސާ 16ޕޮއިންޓް، 13 އަހަރުން ދަށުގެ އަންހެން ކުދިންގެ އެއް ވަނަ ހދ. އަތޮޅު ތައުލީމީ މަރުކަޒު 45 ޕޮއިންޓް، 15 އަހަރުން ދަށުގެ އަންހެން ކުދިންގެ އެއްވަނަ ޖަލާލުއްދީން ސްކޫލް 31 ޕޮއިންޓް އަދި 17 އަހަރުން ދަށުގެ އަންހެން ކުދިންގެ އެއް ވަނަ ހިރިޔާ ސްކޫލް 15 ޕޮއިންޓުން ވަނީ ހޯދާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު