މައުމޫނު ސިޔާސީ މަޝްރަހުން ދުރަށް ވަޑައިގަންނަވަން ޖެހޭ: ތަސްމީނު

ނައިފަރުން: މުރުޝިދު އަބްދުލްހަކީމު

މި ގައުމަށް މިއަދު އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ސިޔާސީ މަޝްރަހުން ދުރަށް ވަޑައިގަންނަވަައިގެން ގައުމު ހަަމަނޭވާއެއް ލުމަށް ފުުރުސަތު ދިނުމުން ކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.

ރައީސ ޑރ. މުހައްދު ވަހީދު ހަަސަން މަނިކުގެ ރަނިންމޭޓަކަށް ތަސްމީނު ހަމައްސަވާފައިވާކަން އިއުލާން ކުރުމަށް ފަހު ރޭ ޅ. ނައިފަރުގައި ކޯލިޝަނުން ބޭއްވި ފުރަތަމަ ޖަލްސާގައި ތަސްމީނު ވިދާޅުވީ ރައީސް މައުމޫނު ސިޔާސީ މަޝްރަހުން ދުރަށްވަޑައިގެން ގައުމަށް ހަމަ ނޭވާއެއް ލުމުގެ ފުރުސަތުދޭން ޖެހޭ ކަމަށާއި އަމިއްލަ އަތުން ކުރެވޭ ކަންކަމުން ގައުމަށް ޓަކައި ކުރާ އުއްމީދުތައް ގެއްލުނަ ދީގެންނުވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މި ރާއްޖެ އަށް އެންމެ ފައިދާވާނީ ރައީސް މައުމޫނު ވެސް ސިޔާސީ މަޝްރަހުން ދުރަށް ވަަޑައިގެން މި ގައުމު ހަމަ ޖެހުމުގެ ނޭވާއެއްލާނެ ފުރުސަތެއް ދެއްވިއްޔާ. މި ގައުމާ މެދު އަޅުގަނޑުމެން ކޮންމެ މީހެއްގެ އުއްމީދުތަކާއި ހުވަފެންތަކެއް ހުންނާނެ. މި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެޅޭ ހުރަހަކީ އަޅުގަނޑުމެން އަމިއްލަ އަތްތަކުން އަޅުގަނޑުމެން ކުރާ ނުބައި އަމަލެއް ކަމަށް ވެގެންނުވާނެ،"

ތަސްމީން ވިދާޅުވީ ސިޔާސީ ގޮތުން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާ މީހުނަށް ސިޔާސީ މަޝްރަހުން ޖާގަ ލިބިގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަަމަށެވެ.

ތަސްމީން ވިދާޅުވީ ރައީސް ޑރ. ވަހީދުއާ އެކު ނިކުންނެވީ މި ވަގުތަކީ އެއްބައިވަންތަކަން އިސްކުރަންވީ ވަގުތުކަން ޔަގީންވާތީ ކަމަށާއި މިހާރު ގައުމު ވެއްޓިފައިވާ އަނދަަޅުން ސަލާމަތް ކުުރުމަަށް އެއްބައިވަންތަވާން ޖެހޭ ކަމަށް ކަށަވާތީ ކަމަށެވެ.

"މި ވަގުތު އުފުލަން ޖެހިފައިއިވާ މަސްއޫލިއްޔަތުތަކަކީ ވަކިވަކި ފަރުންނަށް ނުވަތަ އެއް ޕާޓީއަކަށް އުފުލޭ ވަރަށް ވުރެ މާބޮޑު މާރުގަދަ މަސައްކަތްތަކެއް ކަމަށް އަޅުގަނޑުމެނަށް ޔަގީންވާތީ [ކޯލިޝަނާ ގުޅުނީ]. އެހެން ކަމުން ގައުމައިގެން ކޯލިޝަނާ އެކު އަޅުގަނޑުމެން މި ނިކުތީ މި ދެންނެވި ގައުމީ ވާޖިބު އަދާކުުރުމަށްޓަކައި. ގައުމަށް ކުރިމަތިވެދާނެ ނާމާން ބަނަ ދުވަސްތަކެއް އަލުން މި ގައުމަށް ތަކުރާރުވިޔަ ނުދިނުމަށް،"

އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ތަސްމީނު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު "ރައީސް ނަޝީދުގެ ނަން ފެންނަން އޮންނާނީ ތާރީހީ ފަތްފުށްތަކުން" ކަމަށެވެ.

ރައީސް ވަހީދުގެ ލޯކިޝަނަށް ވެރިކަން ލިބެން އޮތީ ވަކި ޕާޓީއަކަށް ނުވަދެ ތިބި ގާބީލު ތައުލީމީ މީހުން ކޯލިޝަނާ ގުޅިގެން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު