ޖަމާލުއްދީން ސްކޫލް ކައިރީ ހުރި ސައިކަލެއްގައި ރޯކޮށްލައިފި

ޖަމާލުއްދީން ސްކޫލް ކައިރީ ހުރީ ސައިކަލެއްގައި ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ ޖަމާލުއްދީން ސްކޫލް ކައިރީގައި ހުރި ސައިކަލެއްގައި ރޭ ފަތިހު 4:42 ރޯކޮށްލުމުން، އެ ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެެއްލުމެއް ނުލިބޭ ކަމަށެވެ.

ސައިކަލުގައި ބަޔަކު ރޯކޮށްލުމުން، އަލިފާންގަނޑު ނިއްވާލީ އާންމުންނާއި ފުލުހުން ގުޅިގެނެވެ. އެ ހާދިސާގައި ސައިކަލުގައި ރޯކޮށްލުމުން، އެ ސައިކަލާ ޖެހިގެން ހުރި ސައިކަލްތަކަކަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔަ އިރު ރޯކޮށްލި ސައިކަލުގައި ފެންނަން ހުރީ ދަގަނޑުތައް އެކަންޏެވެ. އަދި އެ ސައިކަލާ ޖެހިގެން ހުރި ސައިކަލުގެ މަޑި ވެސް ވަނީ އަލިފާނުގެ އަސަރުކޮށް ހަލާކުވެފަ އެވެ.

މާލޭގައި މަގުތަކުގައި ޕާކުކޮށްފައި ހުންނަ ސައިކަލުތަކުގެ މަޑިތަކުގައި ކަޓަރު އަޅައި ސައިކަލުތަކުގައި ރޯކުރުމަކީ އާންމު ކަމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު