ލާލޭ ސްކޫލް ހިންގުމުގެ މުއްދަތު މި އަހަރުގެ ނިޔަލަށް އިތުކޮށްދީފި

ހުޅުމާލޭގައި ހުންނަ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު ހިންގުމަށް ދޫކޮށްފައިވާ މުއްދަތު ހަމަވެފައި ވާތީ އެ ސްކޫލް ހިންގުމުގެ މުއްދަތު މި އަހަރުގެ ނިޔަލަށް އިތުރުކޮށްދީފި އެވެ.

ލާލޭ ސްކޫލް ހިންގަމުން ގެންދާ ބިޒް އެޓޯލްސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖަމީލް ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ލާލޭ އުސްކޫލް ހިންގުން އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ފަސް އަހަރުގެ ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެ ސްކޫލް ހިންގުމުގެ މުއްދަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލާލޭ ސްކޫލް ހިންގުމަށް ޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި އަޅުގަނޑުމެންނާ ދެމެދުވެފައިވާ އެއްބަސްވުން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައި. އަޅުގަނޑުމެންނާއި އެޑިއުކޭޝަން ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސްކޫލް ހިމްގުން އަޅުގަނޑުމެންނާއި ހަވާލުކޮށްފައި ވަނީ ފަސް އަހަރު ދަވަހުގެ މުއްދަތަށް. އެހެން ނަމަވެސް މި އަހަރުގެ ތަޢުލީމީ އަހަރު ނިމެނެދެން ސްކޫލް ހިންގުމުގެ މުއްދަތު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިތުކޮށްދީފައި" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އެ ކުންފުނިން ސަރުކާރުގައި އެދުނީ ހުޅުމާލޭގައި ބޯޑިން ސްކޫލެއް ހިންގުމުގެ ހުއްދައަށް ކަމަށާއި އެކަމަށް ޓަކައި ބިމެއް ހޯދުމަށް ކަމަށެވެ. އަދި މިހާރު އެކުންފުނިން ހުޅުމާލޭގައި ލާލޭ ސްކޫލް ހިންގަމުން ގެންދާ އިމާރާތަކީ ފަހުން ބޯޑިން ސްކޫލެއް އެޅުމަށް ބިމެއް ދޭނެ ކަމަށް ސްކޫލް ހިންގުމަށް ދޫކުރި އިމާރާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ މިހާރު ލާލޭ ސްކޫލް ހިންގަމުން ގެންދާ އިމާރާތަކީ އެ ކުންފުންޏާ ޙާޥާލުކުރި އިރު މުޅިން ހުސްކޮށް ހުރި އިމާރާތެއް ކަމަށާއި އެތަން ސްކޫލަކަށް ހަދައި އަދި މިހާރު އެތަނުގައި ލިބެމުންދާ ހުރިހާ ހިދުމަތަކީ ވެސް ސީދާ އެ ކުންފުނިން ހަރަދުކޮށްގެން ގާއިމް ކޮށްފައިވާ ނުވަތަ ދެމުން ގެންދާ ހިދުމަތެއް ކަމަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގައި އެ ކުންފުނިން ސްކޫލް ހިންގާފައި ވާނީ އެއް ވެސް ފައިދާ އެއް ނުލިބި ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި ވާހަކަފުޅުދައްކަވަމުން ލާލޭ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މަހުދީ ޝާހިދު ވިދާޅުވީ ސްކޫލް ހިންގަމުންދާ ފަރާތުގެ ކޮންޓްރެކްޓް ހމަވެފައި ވާތީ ބެލެނިވެރިންގެ ކޮންބޮޑުވުން އުޅޭ ކަމަށެވެ. އަދި އެ ކަންބޮޑުވުމަކީ ސްކޫލްގެ މެނޭޖްމެންޓް ބަދަލްވެއްޖެނަމަ ސްކޫލްގައި ކިޔަވައިދޭ ކަރިކިޔުލަމް އަށް ނުވަތަ ކިޔަވައިދެމުންދާ އުސޫލްތަކަށް އައިސްދާނެ ބަދަލްތަކުގެ ސަބަބުން ކުދިންގެ ކިޔެވުމަށް އައިސްދާނެ ބަދަލްތަކުގެ ކަންބޮޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސްކޫލްގެ މެނޭޖްމެންޓާއި ބެލެނިވެރިންނާއި އެއް ވެސް މައްސަލައެއް ކުރި،ަތި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު