އިންޓަ ސްކޫލް އެތުލެޓިކްސް މީޓްގައި 14 ސްކޫލަކުން 53 ޓީމް ބައިވެރިވެއްޖެ

އަންނަ މަހުގެ 10ން 13އަށް ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ އެޓޯލް އިންޓަ ސްކޫލް އެތުލެޓިކްސް މީޓްގައި 14 ސްކޫލަކުން 53 ޓީމް ބައިވެރިވެއްޖެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލާއި ހދ. އަތޮޅު މަދަރުސާ އާއި ހދ. ކުރިނބީ ސްކޫލް އާއި ހދ. ނޮޅިވަރަމް ސްކޫލާއި ހދ. ނޮޅިވަރަމްފަރު ސްކޫލާއި މާލޭ ސިޓީ ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލް އާއި ކަލާފާން ސްކޫލް އާއި ، ތާޖުއްދީން ސްކޫލް އާއި އިސްކަންދަރު ސްކޫލް އާއި ދަރުމަވަންތަ ސްކޫލް އަދި އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލެވެ.

މުބާރާތް ކުރިޔަށް ދާނީ ހަތަރު އުމުރުފުރާގެ ދެޖިންސްގެ ކުދިންގެ މެދުގައެވެ. އެގޮތުން އެ އުމުރުފުރާތަކަކީ 11 އަހަރުން ދަށް، 13 އަހަރުން ދަށް 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ ޢުމުރުފުރާއެވެ.

2012 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވުނު ޑެއިލީމިލްކް 17 ވަނަ އެޓޯލް އިންޓަ ސްކޫލް އެތުލެޓިކްސް މީޓްގައި 20 ސްކޫލުން 67 ޓީމްގައި ދެޖިންސުން 625 އެތުލީޓުން ވަނީ ވާދަކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު