އޯލެވެލުން ދުނިޔެއިން އެއްވަނަ ހޯދާ ކުދިންނަށް އިނާމް ދިނުން ހޯމަ ދުވަހު

މިދިޔަ އަހަރު އޯ ލެވެލް އިމްތިޙާނުގައި މުޅި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ދިނުމާ ބެހޭ ޖަލްސާ އަންނަ ހޯދަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ އޭލެވެލްގައި ދުނިޔެއިން އެއް ވަނަ ހޯދާ ދަރިވަރުންނަށް ދިނުމަށް ހަމަޖައްސާފައިވާ އެ އިނާމް ދިނުމަށް ހަމަޖައްސާފައި ވަނީ ހޯމަ ދުވަހުގެ ރޭ 9:00 ޖަހާއިރު ދަރުބާރުގޭގައި ބާއްވާ ޖަލްސާއެއްގައި ކަމަށެވެ. އަދި އެ އިނާމް ދެއްވާނީ ރައީސް ޑރ. މުހައްމަދު ވަހީދު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި މެޑެއްޔާ އެކު ރައީސް ދެއްވާ އިނާމާއި ހަނދާނީ ލިޔުން ވެސް، އެ ރަސްމިއްޔާތުގައި އެ ކުދިންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަހަރު މުޅި ދުނިޔެއިން އެކި މާއްދާތަކުން ފަސް ދަރިވަރުން އެއް ވަނަ ހާސިލްކޮށްފައިވެ އެވެ.

އޯ ލެވެލް އިމްތިޙާނުގައި، އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ހޯދާ ދަރިވަރުންނަށާއި އަދި އޭ ލެވެލް އިމްތިޙާނުގައި މުޅި ދުނިޔެއިން އެއް ވަނަ ހޯދާ ދަރިވަރުންނަށް މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި ހާއްސަ މެޑެންޔެއް ދެއްވުމަށް ނިންމެވިކަން ރައީސް ވަހީދު އިއުލާނު ކުރެއްވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ތައުލީމީ ދާއިރާއިން ވޭތުވެދިޔަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އޯ ލެވެލް އިމްތިޙާނުގައި މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެބޮޑު ކުރިއެރުން ހޯދާފައި ވަނީ މިދިޔަ އަހަރުކަން ފާހަގަކުރައްވައި، ސަރުކާރުގެ އަމާޒަކީ، މިފަދަ ހުނަރުވެރި ދަރިވަރުންނަށް މަގުފަހިކޮށްދެއްވުން ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު