ބަޖެޓް ނެތިގެން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާގެ ކަރަންޓް ބިލް ނުދައްކާ އެބަހުރި: ކެލާ ކައުންސިލް

ބަޖެޓް ނެތިގެން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާގެ ކަރަންޓް ބިލް ނުދައްކާ އެބަހުރި ކަމަށް ހއ. ކެލާ ކައުންސިލުން ބުނެފި އެވެ.

ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ ޒުބައިރު މިއަދު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން މަގުބައްތިތަކުގެ ކަރަންޓް ބިލް އެއްގޮތަކަށް ވެސް ދައްކާފައިނުވާނެ ކަމަށާއި އަދި ޖުލައި މަހުން ފެށިގެން އެއްވެސް ސަރުކާރުގެ މުއައްސަސާއެއްގެ ކަރަންޓް ބިލް ނުދެއްކޭނެ ކަމަށެވެ. ޒުބެއިރު ވިދާޅުވީ ފަސްލައްކަ އަށް ވުރެ މަތީގައި ނުދެއްކިވާ ބިލްތައް ހުރިއިރު އަދި މިހާތަނަށް އެއްވެސްތަނަކުން ކަރަންޓް ކަނޑާލާނެ ކަމުގެ އިންޒާރު ދީފައިނުވާ ކަމަށެވެ.

ކައުންސިލަރު ވިދާޅުވި ގޮތުގައި މަހެއްގެ މައްޗަށް މިސްކިތުގެ ކަރަންޓް ބިލްތަކަށް ދެހާސް ރުފިޔާ އަރާ އިރު، މަގުމަތީޖަހާފައި ހުންނަ ބައްތިތަކަށް މަހެއްގެ މައްޗަށް 24000 ރުފިޔާ އެވެ. ޒުބައިރު ވިދާޅުވީ ކައުންސިލްގެ ބަޖެޓްގައި ޓޯނާއެއް ގަނެލާނެ ވަރަށް ވެސް ފައިސާ ނެތް ކަމަށާއި އެކަން ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށެވެ. އަދި މިދިޔަ އަހަރު ވެސް ބައެއް ބިލްތަކަށް ފައިސާ ނުދެއްކިވާކަން ފިނޭންސަށް އަންގާފައިވާނެ ކަމަށާއި އަދި އެމިނިސްޓްރީއާ އެއްގޮތަކަށް ވެސް ފޯނުން ނުގުޅޭ ކަމަށް ޒުބެއިރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފިނޭންސްގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ.

މި އަހަރު ފާސްކުރި ބަޖެޓްގައި ކައުންސިލްތައް ހިންގޭވަރަށް ފައިސާދީފައިނުވާ ކަމުގެ ޝަކުވާ ކައުންސިލްތަކުން ދަނީ ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު