އިސްލާމިކް ފެއާގައި ބެއްހެއްޓި މިސްކިތްތަކުގެ ފަންޑަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވޭ: އިސްލާމިކް އެފެއާޒް

14:30


އިސްލާމިކް ފެއާގައި ބެއްހެއްޓި މިސްކިތްތަކުގެ ފަންޑަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް އެފެއާޒުން ބުނެފި އެވެ.


އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން މިމަހުގެ 13 ން 16 ގެ ނިޔަލަށް ބޭއްވި އެ ފެއާއަށް ގާތްގަނޑަކަށް 23،000 އަށްވުރެ ގިނަ މީހުން ވަދެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެވެ.


އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އިސްލާމީ މަރުކަޒުގައި ހުޅުވި އެ ފެއާއަށް ފުރަތަމަ ދުވަހުވެސް ގާތްގަނޑަކަށް 6،000 އާއި 5،000 އާ ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.


ޑިމޮކްރަސީ ފެއާގައި އިސްލާމިކް މިނިސްޓްރީން ބެހެއްޓި މިސްކިތަކުގެ ފަންޑަށް 4،600 ލިބިފައިވެ އެވެ. އަދި ދާދިފަހުން ކުރީގެ އެޓޯލްސް މިނިސްޓްރީގެ މުވައްޒަފުންގެ ފަންޑުގައި މިސްކިތްތަކުގެ ފަންޑަށް ހަދިޔާކުރި ފައިސާއާ އެކު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ފަންޑަށް ލިބިފައިވާ ކަމަށް އިސްލާމިކް އެފެއާޒުން ވަނީ ބުނެފަ އެވެ. 

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު