މަޖިލީހުގެ ގަވައިދުގެ މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތެއް ސުޕްރީމް ކޯޓުން ޕީއޭއަށް ދީފި

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އުވާލުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުން ނިމިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ފަހުން އެ މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތެއް ޕީޕަލްސް އެލަޔަންސް (ޕީއޭ) އަށް ސުޕްރީމް ކޯޓުން ދީފި އެވެ.


އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފު އާދަމް ވިދާޅުވީ އެ މައްސަލައިގައި ޕާޓީ ތަދައްޚުލުވުން ނުވަތަ މައްސަލައިގެ ތެރެއަށް ވަންނަން ބޭނުންވާ ކަމަށް ޕާޓީން އެދުމުން އެ ފުރުސަތު ސުޕްރީމް ކޯޓުން ދިނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ޕީއޭ ބައިވެރިވެގެން ފުރަތަމަ ބާއްވާ އަޑު އެހުން މާދަމާއަށް ތާވާލުކޮށްފައިވާ ކަމަށާއި އެކަން ޕާޓީއަށް އަންގާފައިވާ ކަމަށެވެ.


ޕީއޭގެއައަށް ސުޕްރީމް ކޯޓުން މި މައްމައްސަލައިގެ ތެރެއަށް ވަނުމަށް ފުރުސަދު ދެއްވި އިރު އެ މައްސަލައިގެ ޝަރީއަތުގެ ތެރެއަށް ވަންނަން ބޭނުން ކަމަށް ބުނެ ޑީއާރްޕީން ވެސް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ނަމަވެސް އެ ޕާޓީއަށް އަދި ވަނީ އެ ފުރުސަތު ނުލިބި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު