Sun Online

އެމްޑީޕީގެ ސަރުކާރެއްގައި މެރިކަލްޗާގެ ވިޔަފާރިއަށް ވަރަށް ބޮޑު އިސްކަމެއް ދޭނަން: މޫސާ

ޞަޙުބާން ފަހުމީ
ލިޔުނީޞަޙުބާން ފަހުމީ
ރާއްޖޭގައި މެރިކަލްޗާގެ ވިޔަފާރި ކުރިއެރުވުމަށް އެމްޑީޕީގެ ސަރުކާރެއްގައި ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ކުރިއަށް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ރައްޔިތުންނާއި ހަމައަށް ގެނެސްދޭ މެނިފެސްޓްގެ ސިޔާސަތުތަކުގެ ތެރެއިން މިމަހުގެ 20 ވަނަ ދުވަހު ތައާރަފް ކުރުމަށް ހަމަޖެހިފައިވާ "މެރިކަލްޗާ ވިޔަފާރީގެ ސިޔާސަތު" އާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން މޫސަ ވިދާޅުވީ ނެރިކަލްޗާޣޭ ވިޔަފާރި އަކީ އެއިން މުޅި ރާއްޖެއަށް ނަފާ ހޯދުމުގެ ފުރުސަތު ބޮޑު ވިޔަފާރިއަކަށް ހަދާނެ ކަމަށެވެ.

"އަޅުގަނޑުމެންގައި ހިމެނޭ ސިޔާސަތުތަކުގެ ތެރެއިން މިމަހުގެ 20 ވަނަ ދުވަހު ތައާރަފް ކުރާ މެރިކަލްޗާއޭ ވިޔަފާރި ނުވަތަ ރާއްޖޭގެ ކުޅިތަކާއި ފަރު، ފަޅު ކަނޑަތަކުން ލިބެވޭ މަހާއި އަދި އެހެން ތަފާތު ދިރުންތައް ވިއްސައި ބޮޑެތި ކޮށް ވިއްކައިގެން އާމްދަނީ އާއި ނަފާ ހޯދުމުގެ މަސައްކަތް އެއީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެންމެ ފަހިކުރެވިދާނެ މަސައްކަތެއް." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ މެރިކަލްޗާގެ ސިޔާސަތު ގައުމީ ފެންވަރެއްގައި އިފްތިތާހް ކުރުމުގެ ރަސްމީއްޔާތު އޮންނާނީ ނ އަތޮޅު ކެނދިކުޅުދޫގައި ކަމަށެވެ. އަދި ހަމަ އެދުވަހު ރާއްޖޭގެ 19 އަތޮޅެއްގެ އިތުރުން އައްޑޫ ސިޓީ އާއި މާލޭ ސިޓީ ގައި ވެސް އެ ރަސްމީއްޔާތު ކުރިއަށް ދާނެ ކަމަށް މޫސަ ވިދާޅު ވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ރަސްމިއްޔާތު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވާނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކަމަށެވެ.
infinity loading...
×
DB released 01.