މިނިވަން މުސްތަގިއްލު މުއައްސަސާއަކުން ދައުވާ އަދި އެ މުއައްސަސާއަކަށް ދައުވާ ލިބޭ މައްސަލަތަކުގައި އެ މުއައްސަސާއެއް މަދަނީ ކޯޓުގައި ތަމްސީލުކުރުމަށް އައްޔަންކުރާ ފަރާތްތައް ކަނޑައަޅައި މުއައްސަސާގެ މެންބަރުން ފާސްކުރާ ގަރާރެއް ކޯޓަށް ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
މަދަނީ ކޯޓުން ބުނީ މި ގަރާރުގައި މުއައްސަސާގެ ރަސްމީ ސިއްކަ ހިމެނޭ ގޮތަށް މުއައްސަސާގެ ނަމާއި އެޑްރެހާއި މެންބަރުންގެ އަދަދާއި ކޯރަމް ހަމަވާ އަދަދާއި ގަރާރު ފާސްކުރަން ޖަލްސާ ބޭއްވުނު ތާރީހާއި ގަރާރު ކަނޑައެޅި ނިމުނު ގޮތާއި ހާޒިރުވި މެންބަރުންގެ ނަމާއި ސޮއި އޮންނަންވާނެ ކަމަށެވެ.
މައުލޫމާތު ފުރިހަމަނުވާ ގަރާރުތައް ކޯޓަށް ބަލައި ނުގަންނާނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.