ދިޓީވީގެ މުވައްޒަފުންތަކަކަށާއި ހަވީރު ނޫހުގެ މުވައްޒަފަކަށް ދިން ޙަމަލާތައް ރައީސް ކުށްވެރިކުރައްވައިފި

10:00


ދިޓީވީގެ މުވައްޒަފުންތަކަކަށާއި ހަވީރު ނޫހުގެ މުވައްޒަފަކަށް ދިން ޙަމަލާތައް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފި އެވެ.


މިކަން ކުށްވެރިކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި މިއަދު މީޑިއާގެ މިނިވަންކަން މިއޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފައި ކަމަށާއި މިނިވަންކަން ދެމެހެއްޓުމުގެ ގޮތުން ރާއްޖޭގައި ނޫސްވެރިންނާއި ޚަބަރުފަތުރާ އެހެން ވަސީލަތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަކީ، ސަރުކާރުން އަބަދުވެސް ތަރުޙީބު ދޭނެ މަސައްކަތްތަކެއް ކަމަށެވެ.


މިމަސައްކަތްތަކާއި ހޭދަތަކަކީ، އެކަންކަމުގެ އަގު ސަރުކާރުން އަބަދުވެސް ވަޒަން ކުރާ ކަންކަން ކަމަށާއި ޚަބަރުފަތުރާ ވަސީލަތްތަކާއި ނޫސްވެރިކަމުގެ ދާއިރާގައި ޚިދްމަތް ކުރަމުންދާ ފަރާތްތަކަށް، މިނިވަންކަމާއެކު ޚަބަރު ފެތުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް އެއްވެސް ސިފައެއްގައި ހުރަސް އެޅުމާއި ބިރުދެއްކުންފަދަ ޢަމަލުތައް ހިންގުމަކީ ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުކުރާނެ ކަންކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ޖަރީމާތައް ހިންގާ ފަރާތްތައް ހޯދައި، ތަޙުޤީޤު ހިންގުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުން ދިނުމަށްވެސް ރައީސް އޮފީހުގެ އެބަޔާގައި އެދިފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު