ޑީއާރުޕީގެ މިރޭގެ މުޒާހަރާގައި އަބްދުއްރަހީމް އަބްދުﷲ ބައިވެރިނުވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ

ޑީއާރުޕީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ މުޒާހަރާގައި ޑީއާރުޕީގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގުދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.


ސަންއެފްއެމް އޮންލައިނަށް މައުލޫމާދު ދެއްވަމުން އެނާ މިއަދު ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދީ އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޑީއާރުޕީން މުޒާހަރާއެއް ކޮންމެހެން ބާއްވަން ނުޖެހޭ ކަމަށެވެ.


ނަމަވެސް ޑީއާރުޕީން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީން ބުނީ މި ރޭގެ މުޒާހަރާއަކީ ސުޕްރީމް ކޯޓްގެ ހުކުމާ ގުޅުމެއް އޮތް މުޒާހަރާއެއް ނޫން ކަމަށާއި ނަމަވެސް ތަފާތު "ބަހަނާތައް" ކުރިއަށް ނެރެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުން ލަސްކުރާތީ ބާއްވާ މުޒާހަރާއެއް ކަމަށެވެ.


ޑީއާރުޕީން ބުނަމުން އަންނަނީ ސުޕްރީމް ކޯޓުގެ ހުކުމަށް އެ ޕާޓީން އިހުތިރާމް ކުރާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު