ފެމެލީ ކޯޓުން ހޯދަމުން ދިޔަ މީހާ ޚަރަދުގެ ފައިސާ ދައްކައިފި

ޚަރަދުގެ ފައިސާ ނުދައްކައިގެން ފުލުހުން މެދުވެރިކޮށް ކޯޓަށް ހާޒިރުކުރުމަށް ފެމެލީ ކޯޓުން އަމުރު ކުރުމުން ޅ. ކުރެންދޫ ނޫރުއާބާދު އަހްމަދު އަބުދުއްރަހީމް، 41، އެ ފައިސާ ދައްކައިފި އެވެ.

ފުލުހުން ބުނީ އަހްމަދު އަބުދުއްރަހީމް ދައްކަން ޖެހޭ ޚަރަދުގެ ފައިސާ މިއަދުގެ ވަގުތެއްގައި ފެމެލީ ކޯޓަށް ދައްކައި ޚަލާސްކޮށްފައިވާތީ އޭނާ ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރު ފެމެލީ ކޯޓުން މިހާރު ބާތިލް ކޮށްފައިވާ ކަމަށެވެ.

އަހްމަދު އަބުދުއްރަހީމް ބަންދުގައި ބަހައްޓައިގެން އަންނަ މަހުގެ 15 ދުވަހު ފެމެލީ ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު