އިސްތަށިގަނޑާއި ހަމުގެ ރީތިކަމަށް މާމުއި

މާމުޔަކީ އަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ހަމަށާއި އިސްތަށިގަނޑަށް އަދި ހަށިގަނޑަށް ވެސް އެތައް ފައިދާ ތަކެއް ކުރާ ގުދުރަތީ ކާނާ އެކެވެ.

މިސްރުގެ ރާނީއެއް ކަމުގައިވާ ކްލިއޯޕެޓްރާ އަކީ ދުނިޔޭގެ ރީތި ކަމަށް ނަން މަޝްހޫރު ބޭކަނބެލެކެވެ. ކްލިއޯޕެޓްރާގެ ރީތި ކަމުގެ ސިއްރަކީ ވެސް މާމުއި ކަމަށް ބުނެވެ އެވެ. އެކަމަނާ ވަނީ ފެންވެރުމަށް ގަވައިދުން މާމުޔާއި ކިރު ބޭނުން ކޮށްފައެވެ. އަދި އިނގިރޭސި ވިލާތުގެ ރާނީ އެއް ކަމުއިވާ "އޭން" ވަނީ އެކަމަނާގެ އިސްތަށިގަނޑުގެ ރީތިކަން ދެމެހެއްޓުމަށާއި އިސްތަށިގަނޑު ވަރުގަދަ ކުރުމަށް މާމުއި ބޭނުން ކޮށްފައެވެ.

ނެޝަނަލް ހަނީ ބޯރޑް ގެ ދިރާސާ ތަކުން ދައްކާ ގޮތުގައި މާމުއީ ގައި ގިނަ އަދަދަކަށް ގުދުރަތީ ވިޓަމިންސް އަދި މިނެރަލްސް ހިމެނެއެވެ. އަދި އޭގެ އިތުރުން މާމުއީގައި އެންޓިއޮކްސިޑެންޓްސް ވެސް ހިމެނެއެވެ. އެންޓިއޮކްސިޑެންޓްސް އަކީ ޒުވާންކަން ގިނަ ދުވަހު ދަމަހައްޓަން ހަށިގަނޑަށް ބޭނުންވާ މާއްދާ އެކެވެ.

މާމުޔަކީ ބިހިނެގުމަށް ވެސް ފަރުވާއެކެވެ. އަދި އޭގެ އިތުރުން މާމުއީ ގައި ހިމެނޭ އެންޓި-ބެކްޓީރިއަލް މާއްދާގެ ސަބަބުން، މާމުޔަކީ ގުދުރަތީ ކްލެންސަރ އަކަށް ބޭނުން ކުރެވޭ އެއްޗެކެވެ. އޭގެ ސަބަބުން ހަންގަނޑު އުޖާލާވެ މަޑުވެ ހަމުގެ ކުލަ އަލި ކޮށްދެއެވެ.

މަމުއި ބޭނުން ކޮށްގެން ޒީނަތް ތެރިވުމަށް ގޭގައި ހެދިދާނެ ބައެއް ރެސިޕީ ތައް:
1. ކިއުކަންބާ ހަނީ ޓޯނަރ
އެއް ކިކުކަންބަރ މިކްސްޗަރުން މިކްސް ކުރުމަށްފަހު ޖޫސް ހަދައިލާށެވެ. އަދި އެއަށް ދެ ސައިސަމުސާ މާމުއި އަޅައި އެއްކޮށްލާށެވެ. މި ހެދުނު މާސްކް މޫނުގަޔާއި ކަރުގައި ކަފަ ކޮޅަކުން ހެނދުނާއި ރޭގަނޑު ހާކާށެވެ. އަދި ބާކީ ހުންނަ ބައި ޓޯނަރ ފުޅިއެއްގައި ބަންދު ކުރުމަށްފަހު ފްރިޖް ގައި ބެހެއްޓިދާނެވެ. ނަމަވެސް އެންމެ ގިނަވެގެން އެއްހަފްތާ ފަހުން އާ ޓޯނެއް ތައްޔާރު ކުރަން ވާނެއެވެ.

2.ހަނީ އެޕަލް ޓޯނަރ
ތޮށި މަށާފައި އޮތް އާފަލަކާއި އެއް ސައިސަމުސާ މާމުއި މިކްސްޗަރުން އެއްކޮށްލާށެވެ. މި ތައްޔާރު ކުރެވުނު ޓޯނަރ މޫނުގައި ހާކައިފައި 15 މިނިޓް ވަންދެން ބަހައްޓަން ވާނެއެވެ. އަދި އޭގެ ފަހުން ދޮވެލާށެވެ.

3.ހަނީ ކްލެންސަރ
¼ ޖޯޑު މާމުއި އެއް ސައިސަމުސާ ދިޔާ ސައިބޯނި އަދި ½ ޖޯޑު ގްލިސަރިން އާއި އެއްކޮށްލާށެވެ. މި ތައްޔާރު ކުރެވުނު ކްލެންސަރ މޫނުގައި ހާކާ ސްޕޮންޖަކުން މޫނުގައި ހޭކުމަށްފަހު ތާފަނާ ފެނުން މޫނު ދޮވެލާށެވެ.
(ގްލިސަރިން އަކީ ވަރަށް ގިނަ ފިހާރަ ތަކުން ލިބެން ހުންނަ އެއްޗެކެވެ.)

4.ހަނީ އޮލިވް ހެޔަރ ކޮންޑިޝަނަރ
½ ޖޯޑު މާމުއި ދެ މޭޒުމަތީ ސަމުސާ ނުވަތަ ¼ ޖޯޑު އޮލިވް އޮއިލް (ޒައިތޫނި ތެޔޮ) އާއި އެއްކޮށްލާށެވެ. މި ތައްޔާރު ކުރެވުނު ކޮންޑިޝަނަރ ބޮލުގައި ހާކައި ބޯ މަސާޖް ކޮށްލުމަށްފަހު 30 މިނިޓް ވަންދެން ޝަވަރ ކެޕް އެއް އަޅައިފައި ބަހައްޓާށެވެ. އެއަށްފަހު ޝޭމްޕޫއިން ބޯ ދޮވެލާށެވެ. އިސްތަށިގަނޑު ހުންނާނީ ވަރަށް މަޑުވެ، ތާޒާވެ، ވިދުމެއް އަރާފައެވެ.

5.ހަނީ ލޯޝަން
އެއް ސައިސަމުސާ މާމުއި ޒައިތޫނި ތެޔޮ އަދި ލުނބޯ ހުތާއި އެއްކޮށްލާށެވެ. މި ހެދުނު ލޯޝަން ފެންވެރުމަށްފަހު ނުވަތަ ހަންގަނޑު މޮއިސްޗަރައިޒް ކުރަން ބޭނުންވާއިރު ގައިގައި ހާކާލާށެވެ. އެއަށްފަހު 20 މިނިޓް ފަހުން ފެންފޮތިގަނޑަކުން ދޮވެލާށެވެ.

6.ހަނީ ފޭސް މާސްކް
ބިހުގެ ހުދުބައި އެއްސައިސަމުސާ މާމުޔާއި އެއްކޮށްލުމަށްފަހު މޫނުގައި ހާކާށެވެ. މާސްކް މޫނުގައި 10 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ތާފަނާ ފެނުން މޫނު ދޮވެލާށެވެ. މި މާސްކް ގެ ސަބަބުން މޫނުގެ ހަން މަޑުވެގެން ދާނެއެވެ. އަދި ހަންގަނޑު ރޫ ޖެހިފައިވާނަމަ މި މާސްކް ގަވައިދުން ބޭނުން ކުރުމުން އެއަށް ހައްލަކަށް ވެދެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު