މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކަނޑައިގެންގޮސްފި

ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ އެކު މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ހެނދުގެ ވަގުތެއްގައި ކަރަންޓް ކަނޑައިގެންގޮސްފި އެވެ.

މާލެއަށް ކަރަންޓް ދޫކުރަމުންދާ ސްޓެލްކޯގެ މީޑިޔާ ކޯޑިނޭޓަރު އިބްރާހިމް ރައޫފު މިއަދު ވިދާޅުވީ މާލެ ތިން ބައިކުޅަ އެއްބައިން ކަރަންޓް ކަނޑައިގެން ގޮސްފައިވާ ކަމަށާއި ކަރަންޓް ކަނޑައިގެން ދިޔައީ އެތަނުގެ ޖަނަރޭޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި ޖަނަރޭޓަރު ނިވިގެން ކަމަށެވެ.

" މިއަދު ހެނދު މާލެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެން ދިޔައީ ކަރަންޓް ދޫކުރަމުންދިޔަ ޖަނަރޭޓަރަކަށް ކުއްލި މައްސަލައެއް ދިމާވެގެން ޖަނަރޭޓަރު ނިވިގެން. އެހެން ނަމަވެސް މިހާރު ވަނީ އެކަން ހައްލުކޮށް ކަރަންޓް ދޫކުރާން ފަށާފައި،" ރައޫފު ވިދާޅުވި އެވެ.

މިއަދު ހެނދު 9:00ހާއިރު އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެން ގޮސްފައި އޮތުމަށް ފަހު ގާތްގަނޑަކަށް 15 މިނެޓް ފަހުން ކަރަންޓް ދޫކުރަމުންދާ ކަމަށް ރައޫފު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު