ތާރީހީ ލިއުންތެރިޔާ އަހުމަދު ޝަފީގު ގޮވައިގެން ކޯޓަށް ވަޑައިގަންނަވަން ރައީސް މައުމޫން ނިންމަވައިފި

ހަގީގަތާ ހިލާފު ވާހަކަތަކެއް ލިއުއްވައިފައިވާ ކަމަށް ވިދާޅުވެ ތާރީހީ ލިއުންތެރިޔާ ޝަފީގުގޭ އަހުމަދު ޝަފީގު ގޮވައިގެން ކޯޓަށް ވަޑައިގަންނަވަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ނިންމަވައިފި އެވެ.


ރައީސް މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ރައީސް މައުމޫނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކާ ކޮންމެ މީހަކާ ދެކޮޅަށް ވެސް ދައުވާކުރާނެ ކަމަށާއި މިގޮތުން މިހާތަނަށް ކުރި ދައުވާ ވަނީ ކާމިޔާބުވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ވަހީދު ވިދާޅުވީ ޝަފީގާ ދެކޮޅަށް ޕީޖީ އޮފީހަށާއި ފުލުސް އޮފީހަށް ވެސް މައްސަލަ ހުށަހަޅުއްވާނެ ކަމަށާއި އެކަމާ ބެހޭ ލިޔެކިއުންތައް ތައްޔާރުކުރުމުގެ މަސައްކަތް ރައީސް މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ކުރަމުން އަންނަ ކަމަށެވެ.


ތާރީހީ ލިއުންތެރިޔާ ގޮވައިގެން ރައީސް މައުމޫން ކޯޓަށް ވަޑައިގަންނަވަން މި ނިންމެވީ، ޝަފީގު ލިއުއްވާފައިވާ ކުރު ވާހަކަ "އަހުމަދު ޝަފީގުގެ ހަޔާތުން ދުވަހެއް" މާދަމާ އިފްތިތާހު ކުރުމަށް ހަމަޖެހިފައި ވަނިކޮށެވެ. މާދަމާ ހެނދުނު 10 ޖަހާއިރު ނަސަންދުރާގައި މި ފޮތް ނެރެދެއްވުމަށް ހަމަޖެހިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.


ޝަފީގަކީ ތާރީހީ ވަރަށް ގިނަ ލިއުންތައް ލިއުއްވައި، ރައްކާ ކުރައްވައިގެން ގެންގުޅުއްވާ ބޭފުޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު