ހެނބަދޫ ކައުންސިލްގެ މެޖޯރިޓީ ވެސް އެމްޑީއޭ އަށް

ނ.ހެނބަދޫ ކައުންސިލްގެ އިތުރު އެއް މެންބަރަކު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ސޮއިކުރެއްވުމާ ގުޅިގެން އެ ކައުންސިލްގެ މެޖޯރިޓީ ވެސް އެމްޑީއޭ އަށް ލިބިއްޖެ އެވެ.

އަލަށް އެމްޑީއޭ އަށް ގުޅިވަޑައިގެންނެވި ކައުންސެލަރު އެ ޕާޓީ އަށް ސޮއިކުރެއްވީ އެމްޑީއޭ އިން ދާދި ފަހުން ހެނބަދޫގައި ބޭއްވި ޖަލްސާއެއްގަ އެވެ.

ހެނބަދޫ ކައުންސިލްގެ މެންބަރު ހުސެއިން އަބޫބަކުރާއި މުހައްމަދު ޚަލީލް ކުރިން އެމްޑީއޭ އަށް ސޮއި ކޮށްފައިވާ އިރު އަލަށް އެ ޕާޓީ އަށް ގުޅިވަޑައިގެންނެވި މެންބަރަކީ، ކައުންސިލްގެ ރައީސް އާދަމް ސަމީރު އެވެ. މި މެންބަރު ހެނބަދޫ ކައުންސިލް އަށް ހޮވިވަޑައިގެންފައި ވަނީ އަމިއްލަ ގޮތުންނެވެ.

ހެނބަދޫ ކައުންސިލްގެ ދެ މެންބަރުން ކުރީން އެމްޑީއޭ އާ ގުޅިވަޑައިގެންފައިވާ އިރު، އެ ރަށުގެ 90 ޕަސެންޓް ރައްޔިތުން ވެސް އެމްޑީއޭ އާ ގުޅިފައިވާ ކަމަށް އެމްޑީއޭގެ ސްޕޯކްސް ޕާސަން އަދި ޕާޓީގެ ނައިބު ލީޑަރު އަހުމަދު އާމިރު ވިދާޅުވި އެވެ.

އާމިރު އިތުރަށް ވިދާޅުވީ ހެނބަދޫ އަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ވަރުގެ އެކުވެރިކަމުގެ ނަމޫނާ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށެވެ. އަދި ހެނބަދޫގައި މަސައްކަތް ކުރާ އެމްޑީއޭގެ ޓީމުގެ ފަރާތުން އިސްނަގައިގެން އެ ރަށަކީ 100 ޕަސެންޓް އެމްޑީއޭގެ މެންބަރުން ތިބޭ ރަށަކަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

އެމްޑީއޭގެ ފަރާތުން ހެނބަދޫގައި ބޭއްވި މި ޖަލްސާގައި ޕާޓީގެ އިންތިގާލީ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ނައިބު ލީޑަރު އަހުމަދު އާމިރު އަދި ޢަލީ މައުރޫފު ބައިވެރިވެވަޑައިގަތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު