ބޮޑު ދެ ޕާޓީއާ ދޭތެރޭ ރައްޔިތުން ވިސްނަން ޖެހޭ: ގާސިމް

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަޑުގަދަކޮށް ނަން ކިޔާ ސިޔާސީ ދެ ޕާޓީއާ ދޭތެރޭ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީ އަށް ބަޔަކު ސޮއިކުރުމަށް ރޭ ޖުމްހޫރީ ޕާޓީ އޮފީހުގައި ބޭއްވި ރަސްމީއްޔާތެއްގައި ވާހަކަފުޅުފުޅު ދައްކަވަމުން އެމްޑީޕީއާއި ޕީޕީއެމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު މިހާ ހޫނު ވަމުންދާ ދުވަސް ވަރެއްގައި ސިޔާސީ މަސްރަހުގައި ވަކި ސިޔާސީ ދެ ޕާޓީއެއް ނުވަތަ ވަކި ދެ ފިކުރެއް މާބޮޑަށް އަޑުގަދަ ވެފައިވުމަކީ ރައްޔިތުން އެކަމާ މެދު ވަރަށް ފުންކޮށް ވިސްނައި ފިކުރުކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީ މަސްރަހު މިދަނީ ވަރަށް ބޮޑަށް ހޫނު ވަމުން. މި ހޫނުވަމުންދާ ދިއުމުގައި މިހާރު އަޅުގަނޑުމެންނަށް މިފެންނަނީ އަބަދުވެސް ނަންކިޔާ ދެ ސިޔާސީ ޕާޓީއެއް އޮންނަ ވާހަކަ. އަޅުގަނޑު ކޮންމެހެން އެއީ ވަކި ބައެއް ކަމަށް ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެ އެއީ ކޮންބައެއްކަން. މިކަމާ ދޭތެރޭ އަޅުގަނޑު ދަންނަވަން އޮތީ ރާއްޖޭގެ ރައްޔިތުން އެބަ ޖެހެއޭ ވަރަށް ބޮޑަށް ވިސްނައި ފިކުރުކުރަން. މިވަނީ ކީއްކަން އެބަ ބަލަން ޖެހޭ." ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ ދުވަސް ވަރެއް ކަމަށާއި ވީނަމަވެސް އަދި އެއްބަޔަކު އަނެއް ބައެއްގެ މެދުގައި ސިޔާސީ ވާދަވެރިކަން ބޮޑުވެފައިވާ ދުވަސް ވަރެއް ކަމަށްވީ ނަމަވެސް ޖުމްހޫރީ ޕާޓީ އަކީ އެއްވެސް ބަޔަކާ ޖެހިގެން އުޅެން ބޭނުންވާ ޕާޓީއެއް ނޫން ކަމަށާއި ޖުމްހޫރީ ޕާޓީގެ ވިސްނުމަކީ އެންމެންނާ ގުޅިގެން ގައުމުގެ ކަންތައްތައް ހަމަމަގަށް އެޅުވުން މަސައްކަތް ކުރުން ކަމަށެވެ.

"ޖުމްހޫރީ ޕާޓީ އަކީ ވަކިބަޔަކާ ދިމާކޮށްގެން މަސައްކަތް ކުރާ ބައެއް ނޫން. އަޅުގަނޑުމެންގެ މި އޮތް ފިކުރަކީ މި އޮތް ހިޔާލަކީ މީހުންނާ ދިމާނުކޮށް ގައުމަށް ހަމަޖެހުމާއި އަމާންކަން ގެނެސްދިނުން. އަދި ގައުމުގެ އިގްތިސާދީ އިޖްތިމާއީ ކަންކަން ހަމަމަގަށް ގެނައުން." ގާސިމް ވިދާޅުވި އެވެ.

ރޭ ވަނީ އެ ޕާޓީ އަށް ލ. އަތޮޅުގެ 60 މީހަކު ސޮއިކޮށްފި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު