ޝަރީއަތުން ގޮތެއް ނިމެންދެން މާލެ އިން ބިން ވިއްކުން ހުއްޓުވުމުގެ އަމުރެއް ކޯޓުން ނެރެފި

14:35


ޝަރީއަތުން ގޮތެއް ނިމެންދެން މާލެ އިން ބިން ވިއްކުން މަނާކުރުމުގެ އަމުރެއް ދައުލަތުގެ މައްޗަށް ނެރެފި އެވެ.


މަދަނީ ކޯޓުން ދެންމެ އެ އަމުރު ނެރެފައި ވަނީ މުނިސިޕަލްޓީން، މާލޭގެ ހުޅަނގު ދެކުނު ހާބަރުން ހަތަރު ބިމެއް ވިއްކައި އިތުރު ފަސް ބިމެއް ނީލަމަށް ލާފައި ވަނިކޮށެވެ.


އެ ހުކުމްގައި ބުނަނީ އެ ދައުވާ އަކީ "މާލޭ ހުޅަނގު ދެކުނު ހާބަރުން ބިން ވިއްކުމަށް ނިންމާފައިވާ ނިންމުމާއި، އެ ނިންމުމުގެ މައްޗަށް ކުރެވޭ ކަންކަމުގެ ސައްހަކަމާމެދު ގޮތެއް ކަނޑައެޅުމަށް ކުރެވިފައިވާ ދައުވާއަކަށް ވާތީ، ޝަރީއަށް ކުރިއަށްގެންދަނިކޮށް މި މުއާމަލާތާ ގުޅޭ ގޮތުން، ޝަރީއަތުން ވަކި ގޮތެއް ކަނޑަނާޅަނީސް، އެ މުއާމަލާތް [ބިން ވިއްކުމުގެ] ފުރުސަތު ދެވިފައި އޮތުމަކީ އެންމެ އަދުލުވެރިކަން ގާތް ގޮތް ކަމުގައި ނުވާތީ، އެ ފުރުސަތު ދީފި ނަމަ އިއާދަނުކުރެވޭނެ ގެއްލުންވެދާނެ ކަމަށް ޝަރީއަތަށް ފެންނާތީ، ހުޅަނގު ދެކުނު ހާބަރުން މުނިސިޕަލިޓީއާ ހަވާލުކޮށްގެން ބިން ވިއްކުމުގެ މުއަމަލާތްތައް މި ވަގުތަށް ނުކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށްފިން" މިފަދައިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު