އޮފީހެއްގެ ތިޖޫރީ ހަލާކުކޮށްލައިގެން ގިނަ އަދަދެއްގެ ފައިސާ އާއި ޑޮލަރު ވަގަށް ގެންގޮސްފި

ބްރާދާހުޑް އިންވެސްޓްމަންޓް ފަޅާލައި ތިޖޫރީ ހަލާކުކޮށްލައިގެން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ އާއި ގިނަ އަދަދެއްގެ ޑޮލަރު ވަގަށް ގެންގޮސްފި ކަމަށް އެ ކުންފުނިން ބުނެފި އެވެ.


ފުލުހުން ބުނީ ރޭގެ ވަގުތެއްގައި އެ އޮފީސް ފަޅާއިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ދެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.


މާފަންނު ދަނބުގޯޅީގައި ހުންނަ ބުރަދާހުޑް އިންވެސްޓްމެންޓުގެ ބިޒިނެސް ޑިވެލޮޕްމެންޓް މެނޭޖަރު މުހައްމަދު އިބުރާހިމް މިރޭ ވިދާޅުވީ އެ އޮފީސް ފަޅާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި އޮފީސް ފަޅާލައިގެން ވަދެ ތިޖޫރީ ހަލާކުކޮށްލައިގެން 480000ރ. އާއި 5000 ޑޮލަރާއި 7800ރ. ޗެކަކާއި 3800ރ. ޗެކެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. ތިޖޫރީ ހަލާކުކޮށްފައި ވަނީ ތަޅުމަތީގައި ދަގަނޑު ބުރިއަކުން ޖަގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އަޅުގަނޑުމެން ބޭންކަށް ފައިސާ ފޮނުވަންވެގެން ހެނދުނު އޮފީހަށް ދިޔައިރު ބޭރު ދޮރާއި ފިހާރައިގެ މަތީ ދޮރު ހުރީ ހަލާކުކޮށްލާފައި. ބެލިއިރު ހުރިހާ އެއްޗެއް ހުރީ އެތަން މިތަނަށް އުކާލަފައި، އަދި ތީޖޫރީ ހަކާލުކޮށްލައިގެން އޭގައި ހުރި ފައިސާތައް ވަނީ ގެންގޮސްފައި،" އޭނާ ވިދާޅުވި އެވެ.


މުހައްމަދު އިބުރާހިމް ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމުން ތަހުގީގަށް ބޭނުންވާ ފޮރެންސިކްތައް ހޯދާފައިވާ ކަމަށާއި ފަހުން ފުލުހުންގެ ފަރާތުން ހަބަރެއް ލިބިފައި ނުވާ ކަމަށެވެ.


ބްރަދާހޫޑް އިންވެސްޓްމަންޓަކީ ސަކްސަސްފުލް ބްރަދާސް ފިހާރައާއި ޖެނެރަލް އިލެކްޓްރޯނިކްސް އާއި ފަރިފައިވާނާއި  ހޫކް ފިހާރަ ހިންގާ ފަރާތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު