މޫސުން ތަން ނުދިނުމުން ވެހިކަލްތަކަށް މަގުތައް ހުޅުވާލައިފި

ވިއްސާރަވެ މޫސުން ތަން ނުދިނުމުން މިއަދު ހަވީރުން ފެށިގެން ފައިމަގުގައި އުޅުމަށް ނިންމި ނިންމުން ނިމުމަކަށް ގެނެސް، ވެހިކަލްތަކަށް މަގުތައް ހުޅުވާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މިއަދު ހަވީރު 4 އިން ފެއްޓިގެން މިރޭ 10 ޖަހަންދެން ފައިމަގުގައި އުޅުމަށް ސަރުކާރުން ނިންމި ނިންމުން މިރޭ 7:30ގައި ނިމުމަކަށް ގެންނަވާފައިވާ ކަމަށާއި އެގޮތަަށް ނިންމެވީ ވިއްސާރަވެ، މޫސުން ތަން ނުދިނުމުން އެ މަގުސަދު ހާސިލު ނުވާނެތީ އާއި އަދި ވަރަށް ބޯކޮށް މާލެ އަށް ވާރޭ ވެހުމުން ވެހިކަލެއް ބޭނުން ނުކޮށް އެއްތަނުން އަނެއް ތަންތަނަށް މީހުންނަށް ދިޔުމަށް ދަތިތަކާ ކުރިމަތިވާނެތީ ކަމަށެވެ.

ފުލުހުން ބުނީ މިއަދު ހިނގާފައި އުޅޭ ދުވަހެއް ކަމަށް ސަރުކާރުން ހަމަޖެއްސީ އީދުގެ އުފާ ހާސިލުކޮށް، މިނިވަންކަމާ އެކު މަގުތަކުގައި އުޅުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ މަގުސަދުގައި ކަމަށާއި ނަމަވެސް މިއަދު ވިއްސާރަ ވުމުން، މިއަދުގެ ބަދަލުގައި އެހެން ދުވަހަކު ހިނގާފައި އުޅުމަށް ހަމަޖައްސާފައި ނުވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު