ކަރަންޓް ބިލު ނުދައްކާ ތަންތަން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްފި

އެތައް ދުވަހެއް ވަންދެން ކަރަންޓް ބިލް ނުދައްކާ އެތައް މިލިއަން ރުފިޔާއެއް ދައްކަން ޖެހިފައި ހުރި ދައުލަތުގެ މުއައްސަސާތައް ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިރޭ ހާޒިރުކޮށްފި އެވެ.

މިރޭ 9:00 ޖެހިީއިރު ފެށި އެ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުކޮށްފައިވަނީ މާލޭ ހެލެތް ސާވިސަސް ކޯޕަރޭޝަނާއި، މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އަދި މާލޭ ސިޓީ ކައުންސިލެވެ. އަދި މައުލޫމާތު ސާފުކުރުމަށް ސްޓެލްކޯގެ އޮފިޝަލުންވެސް ވަނީ ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.

ސްޓެލްކޯގެ އޮފިޝަލުން ކޮމެޓީގައި ވިދާޅުވެފައިވަނީ އެންމެ ގިނަ ބިލްތަކެއް ނުދައްކާ ވަނީ އައިޖީއެމްއެޗުން ކަމަށާއި އެ ހޮސްޕިޓަލުން ނުދައްކާ ހުރި ބިލްތައް 31 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާ އައިޖީއެމްއެޗްގެ އޮފިޝަލް ވިދާޅުވީ ކަރަންޓް ބިލްތަކަށްވެސް ފައިސާ ނުދެއްކި ދެކޮޅު ނުޖެހިގެން އުޅެން ޖެހެނީ މިސްމެނޭޖްމަންޓްގެ ސަބަބުން ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓް ކަނޑާލާ ހިސާބަށް ކަންތައްތައް ދާން ޖެހުނީ ވަރަށް ގިނަ ދުވަސްވަންދެން ފައިސާ ހޯދަން އެކި ގޮތްގޮތުން މަސައްކަތްކޮށްވެސް ފައިސާ ނުލިބިގެން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު